ވަޒީފާގެ ފުރުޞަތު
ނަންބަރު: MBS/IU/2015/06
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 17:32
ސުންގަޑި: 03 އޭޕްރިލް 2015 14:30
މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާޔަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން:  އޮފިސަރ ގްރޭޑް 1

 GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޝަން

އެޑްމިނިސްޓްރޭޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ބެލެހެއްޓުމާއި، ޤަވައިދުން އަޕްޑޭޓްކުރުމާއި، މުވައްޒަފުންނާއި ބެހޭ އެންމެހައި ރިކޯޑްތައް ބެލެހެއްޓުން.
  • މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މުވައްޒަފުންގެ މުސާރަ ދިނުމަށްޓަކައި ބޭނުންވާ ލިޔެކިޔުންތަކާއި މަޢުލޫމާތުތައް އެއްކޮށް މުސާރަ ޝީޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި މުސާރައިގެ ކަންތައް ނިންމުން.
  • މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މުވައްޒަފުންގެ މަޢުލޫމާތު އެޗް.އާރް ސިސްޓަމަށް އެންޓަރކޮށް ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން.
  • މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ސަލާމުގައިތިބޭ މުވައްޒަފުންގެ ސަލާމް ސިސްޓަމަށް ދުވަހުން ދުވަހަށް އެންޓަރކޮށް، މުވައްޒަފުންގެ ސަލާމުގެ އަދަދު ބަލާ ސަލާމުގެ ރިޕޯޓު އެމުވައްޒަފެއްގެ ސެކްޝަނަށް ފޮނުވުން.
  • ރަސްމީ ބޭނުންތަކަށް ވީއްލާފައި ތިބޭ މުވައްޒަފުންނާއި ރަސްމީ ދަތުރުތަކުގައި ތިބޭ މުވައްޒަފުންގެ ހާޒިރީ އަޕްޑޭޓްކުރުން.
  • ހާޒިރީ ރިޕޯޓުތައް ނަގާ ކޮންމެ މަހެއްގެ ކުރިން މުސާރަހަދާ މުވައްޒަފުންނާއި ހަވާލުކުރުން.
  • އަލަށް ވަޒީފާ ދެވޭ މުވައްޒަފުންނަށް އިންޑަކްޝަން ޕްރޮގްރާމް ހިންގުމުގެ މަސައްކަތް ކުރުން.

ތަޢުލީމާއި ތަޖުރިބާ

 

 

  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ www.mbs.gov.mv  ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.) ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  • މީހުންނާ ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން.
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު.
  • އިނގިރޭސި ބަހުގެ ފެންވަރު.
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރަން އެނގުން/ މަސައްކަތް ރާވައި ހިންގުމުގެ ޤާބިލުކަން ހުރުން.

ޢިނާޔަތްތައް

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ރަމަޟާން މަހުގެ ޢިނާޔަތް.
  • ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
  • ޑިއުޓީ އުސޫލުން މަސައްކަތް ކުރައްވަންޖެހޭނަމަ ކަނޑައެޅިފައިވާ އުސޫލުން ޑިއުޓީ އެލަވަންސް.

ސުންގަޑި

03 މޭ 2015 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން މޯލްޑިވިއަން ބްލަޑް ސަރވިސަސް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

  • 2015 ވަނަ އަހަރުގެ މޭ މަހުގެތެރޭގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި (މަޖީދީމަގު)
  • ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3333886 އެވެ.

19 އޭޕްރިލް 2015