ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)316/316/2024/34
ޕަބްލިޝްކުރި ތާރީޚް: 25 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 12:24
ސުންގަޑި: 04 އޭޕްރިލް 2024 12:00
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރު މުހައްމަދު އަބޫބަކުރު ޕްރީސުކޫލަށް ކުދިން ވެއްދުމާއި ގުޅޭ

2024 ވަނަ އަހަރު އަލަށް މުޙައްމަދު އަބޫބަކުރު ޕްރީސްކޫލަށް ވަނުމަށް ބޭނުންވާ ދަރިވަރުންގެ އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޕްރީސްކޫލަށް ވަނުމަށް ބޭނުންވާ ދަރިވަރުން މިއިދާރާއިން ދޫކުރާ ޕްރީސްކޫލަށް ދަރިވަރުން ވެއްދުމަށް އެދޭ ފޯމް، ފުރިހަމަކުރުމަށްފަހު 04 އޭޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. މުހައްމަދު އަބޫބަކުރު ޕްރީސްކޫލަށް ދަރިވަރުން ވެއްދުމަށް އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. ފޯމާއިއެކު ދަރިވަރާއި ބެލެނިވެރިޔާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ ހުށަހަޅަންވާނެއެވެ. 31 މާރިޗު 2024 އިން 4 އޭޕްރިލް 2024 އަށް ފޯމް ބަލައިގަތުން ކުރިއަށްދާނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށް ކަމުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6600053 ފޯނާއި ގުޅުއްވުން އެދެމެވެ.

ސްކޫލަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާގޮތް:

ބޭބީ ނާސަރީ

2023 ޑިސެމްބަރު 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން

ނާސަރީ

2023  ޑިސެމްބަރު 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން

ކުލާސްތައް ފެށުމަށްފަހު ހިނގާ ކޮންމެ މަހަކަށް ދަރިވަރުންގެ އަތުން -/200 ރުފިޔާގެ ފީއެއް ނެގެމުންދާނެ ވާހަކަވެސް ދަންނަވަމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

25 މާރިޗު 2024