ދިވެހިރާއްޖެ
އިޢުލާނު
ބ.އޭދަފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސް ކުރާ ކޮމިޓީ އެކުލަވާލުން:
"މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުޞޫލު" ގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން، ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސް ކުރާ ކޮމިޓީގައި އާއްމުންގެ ތެރެއިން ހިމަނަންޖެހޭ 05 މެމްބަރުން އައްޔަން ކުރުމަށްޓަކައި، އެކޮމިޓީގައި ޙަރަކާތްތެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެކަމަށްއެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކޮމިޓީއަށް ކުރިމަތިލައްވާ ފަރާތްތަކުގެ ޢަދަދު 05 ބޭފުޅުންނަށްވުރެ އިތުރުވެއްޖެނަމަ ކޮމެޓީގައި މެމްބަރުން ހިމެނުމުގައި ބަލާނީ ތަޢުލީމީ ފެންވަރަށާއި މިފަދަ މަސައްކަތެއް ކުރެވިދާނެފަދަ ޤާބިލްކަންހުރި ފަރާތްތަކުގެ ތެރެއިން ކައުންސިލްގެ ފަރާތުން އައްޔަންކުރާ 05 ފަރާތެކެވެ. އަދި މިކަމަށް ކުރިމަތިލައްވާ ފަރާތްތަކަކީ، ވީހާވެސް ގިނަވަގުތު ގޯތި ދޫކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތަކުގައި ޙަރަކާތްތެރިވެ އުޅުމަށް ވަގުތުދެވޭ ފަރާތްތަކެއްކަމުގައި ވާންވާނެއެވެ.
ވީމާ، މަތީގައިބަޔާން ކުރެވިފައިވާ ފަދައިން އޭދަފުށިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގައި ޙަރަކާތްތެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2024 މާރިޗު 31 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން ލިޔުމަކުން ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.