މަސައްކަތް
ނަންބަރު: (IUL)426-EB/1/2015/54
ޕަބްލިޝްކުރި ތާރީޚް: 22 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 17:02
ސުންގަޑި: 26 އޭޕްރިލް 2015 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުމީދޫެ ކުނިކޮށްޓަށް ކުނި ގެންގޮސްދޭނެ ފަރާތެއް ހޯދުން

ހުޅުމީދޫ ގޭބިސީތަކުންނާއި އެހެނިހެން ތަންތަނުން ނަގާ ކުނި، ހުޅުމީދޫ ކުނިކޮށްޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދުން

މި އިދާރާގެ ނަންބަރު:IUL)426-EB/1/2015/22)ފ(18 މާރިޗު 2015) އިޢުލާނާ ގުޅިގެން ހުޅުމީދޫ އަވަށުގެ ގޭބިސީތަކުން ކުނި ނަގައި، ހުޅުމީދޫ ކުނިކޮށްޓަށް ގެންގޮސް ދިނުމަށް ހުށަހަޅާފައިވާ އަގުތަށް، ހުށަހެޅިފައިވަނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށް ނޫންކަމަށް ފެންނާތީ، އެ އިޢުލާނާ ގުޅިގެން ހުށަހެޅި އަގުތައް ބާޠިލުކޮށް، އެ މަސައްކަތަށް އަގު ހުށަހެޅުމަށް އަލުން ފުރުޞަތު ހުޅުވީމެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގައި މިި އިދާރާއާއި މީދޫއަވަށު އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 އެޕްރީލް 2015 ވާ ބުދަަ ދުވަހުގެ 14:00 އަށް މި އިދާރާއާއި މީދޫއަވަށުއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ މީޓިންގރޫމުގައާއި މީދޫއަވަށުއޮފީހުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މި އިދާރާގެ މީޓިންގރޫމަށާއި މީދޫއަވަށުއޮފީހަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކައާއި މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

1 ރަޖަބު 1436

22 އޭޕްރިލް 2015