ކުއްޔަށް ދިނުން
ނަންބަރު: (IUL)468-APS/468/2024/71
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 09:01
ސުންގަޑި:
31 މާރިޗު 2024 10:30
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފުވައްމުލަކު ސަންސެޓް ގޯތީގެ ހުޅަގުން، ޖަމާލުއްދީން ނައިބުތުއްތު މަގުގެ އިރުން އޮތް ބިން ކުއްޔަށް ދިނުމާއި ގުޅޭ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ފުވައްމުލަކު ސަންސެޓް ގޯތީގެ ހުޅަގުން، ޖަމާލުއްދީން ނައިބުތުއްތު މަގުގެ އިރުން އޮތް ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރ (IUL)468-APS/468/2023/340 އިޢުލާނަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 25 މާރިޗު 2024 ވާ ހޯމަ ދުވަހު 12:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.
- ބީލަމާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 26 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގެ މީޓިންގް ރޫމްގައެވެ.
- މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 27 މާރިޗު 2024 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 27 މާރިޗު 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
- ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 31 މާރިޗު 2024 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް،
ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.
ފޯން: 6862830، 6862829
އީމެއިލް: [email protected]
19 މާރިޗު 2024