ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-E1/1/2024/34
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 20:13
ސުންގަޑި: 25 މާރިޗު 2024 21:30
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ސަޕޯޓް ސަރވިސް އޮފިސަރުންގެ މަގާމަށް ކުރިމަތިލައްވާފައިވާ މީހުންގެ ފިޓްނަސް ޓެސްޓާއިބެހޭ.

މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2024/16، (1 ފެބުރުވަރީ 2024) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

ހަވާލާދީފައިވާ އިޢުލާނުގައި ދެންނެވިފައިވާ "ސަޕޯޓް ސަރވިސް އޮފިސަރުގެ މަޤާމަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑު" ގެ 2 ވަނަ މާއްދާގެ (ށ) ބަޔާންކޮށްފައިވާ ބޭސިކް ފިޒިކަލް ފިޓްނެސް ޓެސްޓަށް އެކި ސަބަބުތަކާހުރެ ގިނަ ކެންޑިޑޭޓުންނަށް ހާޒިރުވެވިފައި ނުވާތީ އެފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން އިތުރު ޓެސްޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ފަރާތްކަށް ބާއްވާ ފިޒިކަލް ފިޓްނެސް ޓެސްޓް އޮންނާނީ 25 މާރިޗު 2024 (ހޯމަ) ދުވަހުގެ ރޭގަނޑު 21:30 ގައި ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. ޓެސްޓަށް ހާޒިރުވާން ޖެހޭ ފަރާތްތަކުގެ ލިސްޓު މި އިޢުލާނާއެކު މި އޮފީހުގެ ވެބްސައިޓުގައި އާންމުކުރެވިފައިވާނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

މި އިޢުލާނާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003499 ނުވަތަ 3322001 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އީމެއިލް ކުރައްވާއިރު ވަޒީފާއަށް ކުރިމަތިލީ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑް ނަންބަރާއި  ގުޅޭނެ ފޯނު ނަންބަރު އަދި ކުރިމަތިލީ މަޤާމު އެނގޭނެހެން އީމެއިލްކުރެއްވުން އެދެމެވެ.

24 މާރިޗު 2024