ބީލަން
ނަންބަރު: (IUL)266-PR/266/2024/60
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 17 އޭޕްރިލް 2024 10:30
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުތުރު ބަނދަރު ސަރަޙައްދުން އާއްމު ވިޔަފާރިއަށް 1500 އަކަފޫޓުގެ 3 ބިން 25 އަހަރަށް ކުއްޔަށް ދިނުމަށް ބޭނުންވެއްޖެ

އުތުރު ބަނދަރު ސަރަޙައްދުން އާއްމު ވިޔަފާރިއަށް 1500 އަކަފޫޓުގެ 3 ބިން 25 އަހަރަށް ކުއްޔަށް  ދިނުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑްގައި ރަޖިސްޓަރ ވުމަށް:

ލިންކް:https://forms.office.com/r/y2jKKpNPSK

 

ތަފްސީލް

ތާރީޚް

ގަޑި

ޕްރީ ބިޑް މީޓިންގ

‏28‏ މާރޗް‏ 2024‏ (ބުރާސްފަތި‏)

10:30

ރަޖިސްޓަރ ވުމުގެ ސުންގަޑި

‏17‏ އޭޕްރިލް‏ 2024‏ (ބުދަ‏)

10:30

އަންދާސީ ހިސާބު ހުށަހެޅުން

‏18‏ އޭޕްރިލް‏ 2024‏ (ބުރާސްފަތި‏)

10:30

ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގައި

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527177، 6527182 ނުވަތަ 6527192 އަށެވެ.

 

މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procure އިން ‏24‏ މާރޗް‏ 2024 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.  

ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

ބީލަމާގުޅޭ މައުލޫމާތު ޝީޓު އަދި ބީލަން ފޮތް ޑައުންލޯޑު ކުރެއްވުމަށް: 

https://kulhudhuffushicity.gov.mv/2024/03/17116/

 

24 މާރިޗު 2024