ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)471-CDS5/471/2024/31
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 13:01
ސުންގަޑި: 14 އޭޕްރިލް 2024 12:00
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

އިޢުލާން

މަޤާމް:

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ                                              

 

މަޤާމުގެ ނަންބަރު:

J-318191

 

ބޭނުންވާ އަދަދު:

01 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

ޖީ.އެސް.4

 

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2                                 

 

ޑިޕާޓްމަންޓް / ސެކްޝަން:

ކޯޕަރޭޓް ޑިޕާޓްމަންޓް / ފައިނޭންސް ސެކްޝަން

 

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ (އަމީނީމަގު، މާފަންނު / މާލެ)

 

މުސާރަ:

މަހަކު -/5020 ރުފިޔާ

 

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

 

އެހެނިހެން އެލަވަންސް:

  1. ނެޝަނަލް ޕްލޭނިންގ އެލަވަންސް: އަސާސީ މުސާރައިގެ %35 (މަހަކު).
  2. ސަޕޯޓިންގ ކޯ އެލަވަންސް: -/700 ރުފިޔާ (މަހަކު)
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ފައިނޭންސް ސެކްޝަންއިން ލިޔަންޖެހޭ ސިޓީ،ނޯޓް، ފޯމް އައި މެމޯ ފަދަ ތަކެތި ލިޔުން.
  2. ފައިނޭންސް ސެކްޝަންއަށް އަންނަ ސްޓޭޓްމަންޓް އަޕްޑޭޓްކުރުން.
  3. ފައިސާ ދެއްކުމަށް ފައިނޭންސް ޝެކްޝަނަށް ލިބޭ ބިލްތަކަށް ފައިސާ ދެއްކުމަށް ޕޭމަންޓް ވައުޗަރ ތައްޔާރުކުރުން
  4. ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ސޮއެ ކުރުމަށްފަހު، ޗެކްކޮށް ސޮއެ ކުރުމަށް ހަވާލު ކުރުން
  5. ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ސޮއެ ލިބުމުން، 10 ހާސް ރުފިޔާއަށް ވުރެ ދަށް ޕޭމަންޓެއް ނަމަ އެއްފަރާތުގެ ހުއްދަ ސޮއެ ހޯދުން
  6. ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ސޮއެ ލިބުމުން، 10 ހާސް ރުފިޔާއަށް ވުރެ މަތީ ޕޭމަންޓެއް ނަމަ ދެފަރާތުގެ ހުއްދަ ސޮއެ ހޯދުން
  7. ޕޭމަންޓް ވައުޗަރ ތައް ޕޯސްޓް ކޮށް ނިމުމުން، ވައުޗަރ ރަޖިސްޓްރީން އަޕްޑޭޓް ކުރުން
  8. ޕޭމަންޓް ވައުޗަރ ތައް ޕޯސްޓް ކޮށް ނިމުމުން، ފިނޭންސް މިނިސްޓްރީއަށް ޕޭމަންޓް ރަންކުރުމަށް މެއިލް ކުރުމާއި އެކު ވެންޑަރ އަށް މެއިލް ކޮޕީ ކުރުން
  9. ޕޭމަންޓް ވައުޗަރ ތައް ޤަވައިދާ އެއްގޮތައް ފައިލް ކުރުން (ޕޭމަންޓް ވައުޗަރ ފައިލް ކުރެވިފައި ހުންނަންޖެހޭނީ  މާލިއްޔަތު ގަވައިދުގައި ވާ ގޮތަށް ވަކި ތަރުތީބަކުން ކަމުން އެޤަވައިދާ އެއްގޮތަށް ފައިލް ކުރުން)
  10. ޕޭމަންޓް ސެޕްސިސްޓަމް އިން ކްލިއަރ ކުރޭތޯ ބެލުމާއި ،ކްލިއަރިންގް ޑޮކިއުމަންޓް ނަންބަރ ލިބުމުން ، ވައުޗަރ ރަޖިސްޓްރީގައި އެ ޑީޓެއިލްސް އަޕްޑޭޓްކޮށް ، ފިނޭންސް މިނިސްޓްރީގެ ހެލްޕް ޑެސްކްއަށް މެއިލްކޮށްގެން ޖަމާވި ދުވަސް ބަލައި، އެކަން ވެންޑާއިންނަށް އެންގުން
  11. ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތަކުގައި ފައިސާ ނެގުމަށް  ބޭނުންވާ ފޯމް ފުރިހަމަ ކުރުމާއި ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ޑޮލަރ ނެގުމަށް ، އެމް. އެމް އޭ އަށް ފޮނުވުން .ޑޮލަރ ލިބުމުން ޑޮލަރާއި ހަވާލުވެ، ތިޖޫރިއާއި ހަވާލު ހުންނަ މުއައްޒަފާއި ހަވާލުވާން އަންނަ މުވައްޒަފު  ފުރުމުގެ ކުރިން ރުފިޔާ ހަވާލު ކުރުވައި ސޮއެ ކުރުވުން
  12. ރާއްޖެރެތެއަށް ކުރާ ރަސްމީދަތުރުތަކުގައި ފައިސާ ނެގުމައް ބޭނުންވާ ފޯމް ފުރިހަމަ ކުރުމާއި ޕޭމަންޓް ވައުޗާރ ތައްޔާރުކޮއް ރުފިޔާ ނެގުމައް އެމް. އެމް. އޭ އައް ފޮނުވުން. ފައިސާ ލިބުމުން ފައިސާއާއި ހަވާލުވެ، ތިޖޫރިއާއި ހަވާލު ހުންނަ މުއައްޒަފާއި ހަވާލުވާން އަންނަ މުވައްޒަފު ފުރުމުގެ ކުރިން ރުފިޔާ ހަވާލު ކުރުވައި ސޮއެ ކުރުވުން.
  13. މިނިސްޓްރީގެ ފަރާތުން ނަގަންޖެހޭ ފައިސާ ނެގުމަށާއި، ފައިސާ ޖަމާކުރުމައް ދާނެ މީހަކު ނެތިއްޖެ ހާލަތެއްގައި އެމް، އެމް، އޭ އައް ދިޔުން.
  14. ފައިނޭންސް ސެކްޝަނުން ޕޭމަންޓް ވައުޗާރ ހަދަންޖެހޭ މުސާރަ ޝީޓް ތަތް (07 މުސާރަ ޝީޓް) ލިބުމުން ޗެކްކުރުން. މުސާރަ ޝީޓްގައި މައްސަލަ ހުރުމުގެ ސަބަބުން ރަނގަޅު ކުރަންޖެހޭ ތަންތަން މާރކް ކުރުމައްފަހު، އެޗްއާރު ސެކްޝަނައް ގުޅައި އީމެއިލް ކުރުން.
  15. ރަނގަޅުކޮއްފައިވާ މުސާރަ ޝީޓް ލިބުމުން، އޭޕީ މޮޑިއުލްއިން މުސާރަ އެންޓާރ ކުރުމައްފަހު ޕޭމަންޓް ވައުޗާރ ތައްޔާރުކޮއް ސޮއެ ކުރުވުމާއި، ހުރިހައި ކަންތައްތަކެއް ފުރިހަމަ ކުރުމައްފަހު ސެލެރީ ޕޯސްޓް ކުރުމުން، ފިނޭންސް މިނިސްޓްރީއައް ޕޭމަންޓް ރަން ކުރުމައް އީމެއިލްކޮށް ފޯނުން ގުޅުން.
  16. ސެލެރީ ޕޭމަންޓްސް ރަން ކުރުމުން، ބީ، އެމް، އެލް، އެމް، އައި،ބީ ، އަދި އެމްއެފްއެލްސީ އަދި އެހެނިހެން ޑިޑަކްޝަންތައް، ކޯޓުތައް ފަދަ ތަންތަނަށް އެކްސެލް ޝީޓްތައް މެއިލްކުރުމާއި، އޮރިޖިނަލް ޝީޓްތައް ފޮނުވުން.

 

މަޤާމުގެ ޝަރުޠުތައް:

- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ޙަޞިލުކޮށްފައިވުން

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:

-          ފައިނޭންސް

-          އެކައުންޓިންގ

މަޤާމުގެ ތައުލީމީ ރޮނގުތައް:

-          އެކައުންޓިންގ  

-          ބިޒްނަސް އެޑްމިނިސްޓްރޭޝަން 

-          ބިޒްނަސް މެނޭޖްމަންޓް 

-          ފައިނޭންސް

މަޤާމުގެ ކޯ ޑިސިޕްލިންގ:

-          ފައިނޭންސް

-          އެކައުންޓިންގ

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

   (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) ސިވިލް ސަރވިސްގް ތަޖުރިބާގެ ތެރެއިން http://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދުކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

    (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

 

އަސާސީ ޝަރުޠައް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 

ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

 

އަސާސީ ޝަރުޠައް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

20

 

އިންޓަރވިއު

35

 

  1. މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 (ފަސްދޮޅަސް) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.
  2. މިކްރައިޓީރިއާގައި ހިމެނޭ މަޤާމްތަކަށް އެސެސްމަންޓެއް ދެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 އޭޕްރީލް 2024 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ (އަމީނީމަގު، މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]v މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ފީ.ޑީ-އެފް (PDF) ފޯމެޓްގައި ފޮނުއްވުމަށް ދެންނެވީމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަވިއު އަދި އިމްތިހާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 15 އޭޕްރީލް 2024 އާއި 30 އޭޕްރީލް 2024 އާއި ދެމެދު، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓް/ ދިވެހިސަރުކާރުގެ ގެޒެޓް ގައި އާންމުކުރެވޭނެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020755 ނަންބަރު ފޯނަށް ނުވަތަ 3020751 ނަންބަރު ފޯނަށެވެ. އީ-މެއިލް  [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް  "ރެކްރޫޓްމެންޓް އުޞޫލު"   https://www.csc.gov.mv/Policy/Index/51 އިން ލިބެން ހުންނާނެއެވެ.

14 ރަމަޟާން  1445  

 

24 މާރިޗު 2024