ދިވެހިރާއްޖެ
ތިން ހަޓް އަޅާދޭނެ ފަރާތެއް ހޯދުމަށް ބޭއްނުންވެއްޖެއެވެ.
މިކައުންސިލުން ދައްކާ ނަމޫނާ އާއި އެއްގޮތަށް ރަށުގެ ތިން ސަރަހައްދެއްގައި އަމިއްލަ ތަކެތީގައި 3 ހަޓް އަޅައިދޭނެ ފަރާތެއް ހޯއްދުމަށް ކުރެވުނު ނަންބަރު: 19/2024/300/(IUL)300-EC(10 މާރޗު 2024) އިޢުލާން އަށް ޝަޢުޤުވެރިކަން ފާޅުކުރެއްވި ފަރާތްތަކުން ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާ އަގުތަކަކަށްނުވާތީ އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2024 އޭޕްރީލް 15 ވާ ހޯމަ ދުވަހުގެ 13:00 ށް ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2024 އޭޕްރީލް 18 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ 18/2014 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ އެއްވެސް ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލާގަނެވެންނެތް ވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އީ-މެއިލް ކުރާނީ [email protected]އަށް ނުވަތަ ގުޅުއްވާނީ މި އިދާރާގެ ނަންބަރ: 6580068 / 9777183 ފޯނަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
1445 I14
24 މާރޗު 2024