މަސައްކަތު
|
މަޤާމު:
|
އެސް އެސް
|
ރޭންކް:
|
ސަޕޯޓް ސްޓާފް ގްރޭޑް 1
|
މަޤާމުގެ ކުލެސިފިކޭޝަން:
|
މަހަކު 3,100.00 ރުފިޔާ
|
މުސާރަ:
|
މަހަކު 1000.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
ސިވިލްސާރވިސްގެ ގަވާއިދުގައި ވާގޮތުގެ މަތިން ބަންދުދުވަސްތަކުގެ ފައިސާއާއި، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތް ދެވޭނެ އެވެ.
|
އުޖޫރައާއި ޢިނާޔަތް:
|
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލް އިދާރާގެ އިކޮނޮމިކު ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓުން ކަނޑައަޅާ މިސްކިތެއް.
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
- މަސައްކަތްކުރުމަށް ޙަވާލުކުރެވޭ މިސްކިތާއި، މިސްކިތުގެ ގޯތިތެރޭގައިވާ ފާޚާނާއާއި، ވުޟޫކުރާ އިސްކުރުބަރި ސާފުކޮށް ބެލެހެއްޓުން.
- މިސްކިތުގެ ގޯތިތެރެއާއި މިސްކިތާ ގުޅިފައިވާ މަގުތައް ކުނިކަހައި، ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުން.
- ކޮންމެ ނަމާދު ވަގުތެއް ޖެހުމުގެ ލަސްވެގެން 15 މިނިޓް ކުރިން މިސްކިތަށް ހާޒިރުވެ ނަމާދުގެ ޖަމާޢަތަށް މިސްކިތް ތައްޔާރުކުރުން.
- މިސްކިތުގެ ވަޅު ހަޑިވިޔަނުދީ ދިޔަހިއްކައި ސާފުކޮށް ބެލެހެއްޓުން.
- މިސްކިތުގެ ފުރާޅާއި ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން.
- މިސްކިތުގެ ގޯތިތެރޭގައިހުންނަ ރުއްގަސް ކޮށައި ސާފުކޮށް ބެލެހެއްޓުން.
- މިސްކިތުގެ ގޯތިތެރެ ޒީނަތްތެރިކޮށް ބަގީޗާ އިންދައި ފެންދީ ހައްދައި ބެލެހެއްޓުން.
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބު:
|
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުން، ނުވަތަ،
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛ އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ގިނަ ވަގުތު ހީވާގިކަމާއެކު މަސައްކަތުގައި އުޅެވުން.
- ޞީއްޙީ ދުޅަހެޔޮކަން.
- ތަޖުރިބާއާއި ހުނަރުވެރިކަން.
- ތަޢުލީމާއި ތަމްރީން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
|
މިމަޤާމަށް މީހަކު ހޮވުމަށްޓަކައި ބާއްވާ އިންޓަވިއު އޮންނާނީ ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި ހުޅުދުއްފާރު ކައުންސިލްގެ އިދާރާގައެވެ.
|
އިންޓަވިއު ބާއްވާ ތަނާއި މުއްދަތު:
|
- މި މަޤާމަށް އެދޭ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެތި ހުޅުދުއްފާރު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
- ފުރިހަމަކޮށްފައިވާ ސިވިލްސާރވިސްގެ ވަޒީފާ އެދޭ ފޯމު (އެޕްލިކޭޝަން ފޯމު ކައުންސިލް އިދާރާއިން ލިބިވޑައިގަންނަވާނެއެވެ.) މީގެއިތުރުން ސިވިލް ސަރވިސް ކޮމިޝަސްންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ރ. ހުޅުދުއްފާރު ކައުންސިލްގެ އިދާރާއަށް ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން.
- ވަޒީފާއެއް އަދާކުރައްވާފައިވަނަމަ، ނުވަތަ ވަޒީފާއެއްގައި އުޅުއްވާ ބޭފުޅެއްނަމަ އަދާކުރެއްވި ނުވަތަ އަދާކުރައްވާ ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
- ވަޒީފާ އަށް ކުރިމަތިލާފަރާތުގެ ވަނަވަރު
- ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ
- ގުޅޭނޭ ފޯނު ނަންބަރު
- އީމެއިލް އެޑްރެސް
އިންޓަވިއު ބާއްވާ ތާރީޚާއި ގަޑި ވަޒީފާއަށް ކުރިމަތިލެއްވި ފަރާތަށް ދެންނެވޭނެއެވެ. މިމަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 30 އެޕްރީލް 2015 ދުވަހުގެ 14:00 އެވެ.
|
މިމަޤާމަށް އެދި ހުށަހަޅަންވީ ގޮތާއި ސުންގަޑި:
|