މަސައްކަތް
ނަންބަރު: 160-A/1/2015/02
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 16:30
ސުންގަޑި: 14 މޭ 2015 15:00
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
30 ވަނަ ޤައުމީ ޤުރްއާން މުބާރާތުގެ ޖަޖުން ހޯދުން

30 ވަނަ ޤައުމީ ޤުރްއާން މުބާރާތުގެ ޖަޖުން ހޯދުން

30 ވަނަ ޤައުމީ ޤުރްއާން މުބާރާތުގައި ޖަޖުކަން ކުރާނެ 6 ޤާރީ ވެރިޔަކު ބޭނުންވެއެވެ.

ޝަރުޠު:      

  • މީގެކުރިން ޤުރްއާން މުބާރާތްތަކެއްގައި ޖަޖުކަން ކުރައްވާފައިވުން.
  • ޤާރީކޯސް ނުވަތަ އެއަށްވުރެ މަތީކޯހެއް މިރޮނގުން ހަދާފައިވުން.
  • ޤުރްއާން އުނގަންނައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.
  • މުބާރާތަށް ޖަޖުން ހޮވުމުގައި ސްކޫލްތަކަށް އަދި ޤުރްއާން ކްލާސްތަކަށް ކިޔަވައިނުދެއްވާ ޙާފިޡުންނަށް އިސްކަންދެވޭނެއެވެ. ކުރިމަތިލައްވާ ޤާރީވެރިންގެ ހުނަރު ބެލުމުގެގޮތުން ޓެސްޓެއް ދެވޭނެއެވެ.

ވީމާ، މިކަމަށް އެދިލައްވާ ބޭފުޅުން 14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ސީ.ވީ އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ޤުރްއާނާބެހޭ މަރުކަޒަށް ސިޓީ ފޮނުއްވުން އެދެމެވެ.

01 ރަޖަބު 1436

20 އޭޕްރިލް 2015