ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ ނަންބަރު (IUL)425-A3/1/2024/89 އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.
މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ވިލިމާލެ ލޯކަލް މާރުކޭޓުން ހުސްވެފައިވާ 05 ގޮޅިއަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކުރަމެވެ.
ކުއްޔަށް ދޫކުރާ ތަނާއި ބެހޭ މަޢުލޫމާތު
(ހ) ވިލިމާލެ ލޯކަލް މަރުކޭޓް/ ވިލިމާލެ ފެރީ ޓަރމިނަލްގެ ހުޅަނގު ދެކުނު (05 ގޮޅި)
(ށ) މަހަކު -/1050 ރުފިޔާ
(ނ) ކުއްޔަށް ދޫކުރާ މުއްދަތު 01 އަހަރު ދުވަސް
(ރ) ގޮޅި ފަރުމާ ކުރެވިފައި ހުންނަން ޖެހޭ ގޮތް: މާލެ ސިޓީ ކައުންސިލްގެ ނިންމުމާއި އެއްގޮތަށް
(ބ) ތަން ކުއްޔަށް ހިފުމަށް ހުންނަންޖެހޭ ޝަރުތުތައް-
* އުމުރުން 18 އަހަރު ފުރިފައިވާ ވިލިމާލޭގައި ދިރިއުޅޭ ވިލިމާލޭގެ ރަށްވެއްސެއް ކަމުގައިވުން. ނުވަތަ އުމުރުން 18 އަހަރުފުރި ވިލިމާލޭގައި ދިރިއުޅުމަށް މަސައްކަތް ކުރާތާ 20 އަހަރު ވެފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން.
* ސަރުކާރުގައި ނުވަތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން.
* މާލެ ސިޓީގައި ހިންގާ މާރުކޭޓްތަކުގެ ތެރެއިން އެއްވެސް މާރުކޭޓެއްގެ ގޮޅިއެއް ހިންގާ ފަރާތެއްކަމުގައު ނުވުން.
* އެއްވެސް ފަރާތަކުން އެއް ފޯމްއަށްވުރެ ގިނަ ފޯމް ހުށަހެޅުމާއި، އެއްގޮޅިއައްވުރެ ގިނަ ގޮޅިގައި ފާހަގަ ޖެހުމާއި އެއްވެސް ގޮޅިއެއްގައި ފާހަގަ ނުޖަހާ ހުރި ނަމަ އެފޯމެއް ބާޠިލް ވާނެއެވެ.
* މުކައުންސިލުން މީގެކުރިން ދީފައިވާ އެއްވެސް ޙިދުމަތަކަށް ދައްކަންޖެހޭ ފައިސާއެއް މިހާތަނަށް ނުދައްކާ ހުރި ފަރާތްތަކުގެ ފޯމް ބާޠިލް ވާނެއެވެ.
މާރުކޭޓުން ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން 24 މާރިޗު 2024 އިން ފެށިގެން 18 އެޕްރީލް 2024 ގެ ނިޔަލަށް މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް އިން އެކަމަށް އެދޭ ފޯމް ނަންގަވާ ފޯމް ފުރިހަމަ ކުރައްވާ ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ތަކެއްޗާއިއެކު މިކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމް ބަލައިގަންނާނީ ހުކުރު ދަވަސް ފިޔަވައިކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:00 އަށް މާލެސިޓީ ކައުންސިލްގެ ވިލިމާލެ ސެކްޝަން އޮފީހުންނެވެ. ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީޙަކީ 18 އެޕްރީލް 2024 ގެ 14:00 އެވެ. މިތާރީޙުގެ ގަޑީގެ ފަހުން ފޯމްތައް ބަލައި ނުގަނެވޭނެއެވެ.
ވީމާ، މާރުކޭޓް ގޮޅިހިންގަން ބޭނުންފުޅުވާ ފަރާތްތަކުން އެކަމަށް އެދި ފޯމަށް ހުށަހަޅުއްވަމުން ގެންދެވުމަށް ޢާންމުކޮށް އަންގާ އިޢުލަން ކުރީމެވެ. މި އިޢުލާނާއިއެކު ”ވިލިމާލެ ލޯކަލް މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދިނުމާއި ބެހޭ އުސޫލް" އަދި މާރުކޭޓް ގޮޅިއަށް އެދޭ ފޯމް ހިމެނީމެވެ.