ވަޒީފާގެ ފުރުޞަތު
ނަންބަރު: HMH | IUL | 2024 |043
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 10:46
ސުންގަޑި: 31 މާރިޗު 2024 13:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ

މަޤާމް: ސީނިއަރ އޮފިސަރ

ޑިޕާޓްމަންޓް: ކޮލިޓީ އެންޑް ސޭފްޓީ  

މަޤާމުގެ ގިންތި: ވަގުތީ (6 މަސް)

 

ތަޢުލީމާ ތަޖުރިބާ:

  1. މެޑިސިންގ، ނަރސިންގ، ލެބޯޓްރީ، ޕަބްލިކް ހެލްތް، މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  2. މެޑިސިންގ، ނަރސިންގ، ލެބޯޓްރީ، ޕަބްލިކް ހެލްތް، މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މިމަޤާމުގައި ޝަރުޠު، މުސާރަ އަދި އެލަވަންސް ހަމަޖެއްސުމުގައި ޢަމަލު ކުރާނީ އެމުވައްޒަފަކު ނިސްބަތްވާ ޖޮބް މެޓްރިކްސްއަކާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.

   

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ހޮސްޕިޓަލުގެ އެކި އެކި ޑިޕާރޓްމެންޓް ތަކުގެ އިސްވެރިންނާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގެ މަސަތްކަތުގެ ކޮލިޓީ މޮނީޓަރ ކުރުމާއި ގެންނަންޖެހޭ އިސްލާޙް ތައް ގެނައުން. 

- ބަލިމީހުން އަދި މުވައްޒަފުންގެ ޝަކުވާތަކުގެ ރެކޯރޑް ބެލެހެއްޓުމާއި އެކު ހެދިފައިވާ ޕޮލިސީ ތަކާއި އެއްގޮތައް އިސްލާހީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ޕްލޭނުކުރުން

- މަސަތްކަތުގެ ކޮލިޓީ ހިފެހެއްޓުމަށް ބޭނުންވާ ފަންނީ އަދި ތަޢްލީމީ ޕްރޮގްރާމުތައް ރޭވުމާއި ވިލަރެސްކުރުމާއި ހިންގުމުގައި  އިސްރޯލެއް އަދާކުރުން

- ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ހިންގޭ ހަރަކާތްތަކުގެ ރެކޯރޑް ބެލެހެއްޓުމާއެކު އިތުރު ކުރިއެރުން ގެނައުމަށް މުވައްޒަފުންނަށް ބޭނުންވާ މަޢުލޫމާތު ހިއްސާކުރުން

- އިމާރޖެންސީ ޕްލޭނިންގައި ބައިވެރިވުމާއެކު އެހީތެރިކަން ފޯރުކޮށްދިނުން

- ޓެކްނިކަލް ސްޓާފުންނަށް ބޭނުންވާނެ ތަމްރީނުތައް ދެނެގަނެ، މިފަދަ ތަމްރީން ޕްރޮގްރާމް ތައް ރާވާ ހިންގުމުގައި ކޮލިޓީ ޑިރެކްޓަރަށް އެހީތެރިވެދިނުން.

- ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކާއި އަލަށް ތަޢާރަފްކުރެވޭ ޚިދުމަތްތަކުގެ ތެރެއިން ޕޭމަންޓް ކޯޑްނެތް ޚިދުމަތްތަކަށް ކޯޑު ހެދުމުގައި ކުރަންޖެހޭ ޓެކްނިކަލް މަސައްކަތް ތައް ކުރުން

- ރައްކާތެރި ނޫން ގޮތުގައި ކުރެވޭ ޕްރެކްޓިސް ތައް ބަލާ، އެކަންތައްތަކާއި ގުޅޭގޮތުން އެޅޭ އިސްލާހީ ފިޔަވަޅުތަކުގެ އައުޓްކަމް އިވެލުއޭޓް ކުރުން.

- އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލްއާ ގުޅުންހުރި ސްޓްރާޓެޖީސްތައް ނެޝަނަލް ގައިޑްލައިންސް ތަކާއި އަދި ބެސްޓްޕްރެކްޓިސް އާއި އެއްގޮތަށް ހެދުމާއި ތަޢާރަފްކުރުމުގައި އިންފެކްޝަން ކޮންޓްރޯލް ކޮމިޓީއާއި ގުޅިގެން އިސްދައުރެއް އަދާކުރުން.

- ހޮސްޕިޓަލުގެ ހުރިހާ ޑިޕާރޓްމެންޓް ތަކުގެ މަސައްކަތްތަކަކީ ހޮސްޕިޓަލްގައި ގާއިމްކުރެވިފައިވާ ސްޓޭންޑާރޑްތަކާ އެއްގޮތަށް ބައްޓަންކުރެވިގެން ކުރިއަށް ގެންދާމަސައްކަތްތަކެއްކަން ކަށަވަރުކުރުން

- ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 މާރޗް 31 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ  [email protected]  އަށެވެ

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

 

  • ވަޒީފާއަށް އެދޭ ފޯމު.
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕްރެކްޓިސިންގ ލައިސެންސް / ރެޖިސްޓްރޭޝަންގެ އަދާހަމަކޮށް އެޓެސްޓްކޮށްފައިވާ ކޮޕީ
  • ޕޮލިސް ރިޕޯޓް

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

މިމަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވުމަށްފަހު މަސައްކަތު 1 ހަފްތާގެ ތެރޭގައެވެ. އެއްވެސް ސަބަބަކާ ހުރެ، އެމުއްދަތުގައި އިންޓަވިއު ނުބޭއްވޭނަމަ، ވަޒީފާއަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކަށް އެކަން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134   ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

24 މާރިޗު 2024