މަސައްކަތް
ނަންބަރު: 116-FB2/IL/2024/71
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 00:31
ސުންގަޑި: 28 މާރިޗު 2024 11:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް އިމާރާތެއް ބަދަލުކުރުމަށް ބޭނުންވާ އުމްރާނީ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އޮފީސް އިމާރާތެއް ބަދަލުކުރުމަށް ބޭނުންވާ އުމްރާނީ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 

     މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި ހުރި މި ކުންފުނީގެ 'އޯ.ސީ.ސީ އޮފީސް’ އެހެން އިމާރާތަކަށް ބަދަލުކޮށްދިނުމުގައި ކުރަންޖޭހޭ އެންމެހާ އުމުރާނީ މަސައްކަތްތައް މި ކުންފުނިން ދޭ މިންގަނޑުތަކާއި/ކުރެހުމާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ކޮންކްރީޓް މަސައްކަތް،"ސްޓަރަކްޗަރަލް ސްޓީލް" އަދި ދަގަނޑުގެ އެންމެހާ މަސައްކަތްތައް، "ޓިންބަރ ފްރޭމިން"، ފުރާޅުލުން، އެންމެހާ ފިނިޝިންތައް، ދޮރު/ކުޑަދޮރު ހެދުމާއި ހަރުކުރުން، ކްލެޑިންގެ މަސައްކަތް، ފެނާއި ނަރުދަމާގެ ނިޒާމް، ކަރަަންޓު ވަޔަރުކުރުން، އޭސީ އަދި އަލިފާން ނިއްވާ ނިޒާމް، ސީސީޓީވީ ނިޒާމް، ފަރުނީޗަރުލުން، އަދި ބާއިމާރާތް ތަޅާލުންފަދަ އެންމެހާ މަސައްކަތްތައް ހިމެނެއެވެ.

 

     މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 މާރިޗު 28 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:00 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) ތެރެއިން މިބީލަމަށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވެ، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ރަޖިސްޓްރީގެ މުއްދަތު ހަމަވުމުން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ސައިފް 7981289 އާއި ގުޅުއްވުން އެދެމެވެ.

 

     މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ'ގެ GC01 ދާއިރާއިން 1، 2، 3، 4، 5، ނޫނީ 6 ވަނަ ދަރަޖައިގައި ގިންތި ކުރެވިފައިވާ ފަރާތަކަށްވާންވާނެއެވެ.

 

     ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ "ސައިޓް ވިޒިޓް" 2024 އެޕްރީލް 03 ވާ ބުދަދުވަހުގެ ހެދުނު 11:00 ގައި ވީ.އައި.އޭގައި އޮންނާނެއެވެ.

     

     "ޓެންޑަރ ޕޯޓަލް" ތެރެއިން ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2024 އެޕްރީލް 16 ވާ އަންގާރަދުވަހުގެ ހެދުނު 11:00 ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހެޅި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 އެޕްރީލް 16 ވާ އަންގާރަދުވަހުގެ ހެދުނު 11:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.

 

     ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް  www.macl.aero އަށެވެ.

22 މާރިޗު 2024