މަސައްކަތް
ނަންބަރު: (IUL)234-C/234/2024/8
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 28 މާރިޗު 2024 13:00
އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަލްސާކުރާ މާލަމަށް މޭޒު ޖަހައިދިނުން.

ޖަލްސާކުރާ މާލަމަށް މޭޒު ޖަހައިދިނުން.

 

މިކައުންސިލްގެ ޖަލްސާކުރާ މާލަމަށް މޭޒުޖަހައިދޭނެ ފަރާތެއްހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތާރީޚާ އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

  • ‏ ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުން: މިއިޢުލާނާއެކު އެޓޭޗް ކޮށްފައިވާ ބިޑްރަޖިސްޓްރޭޝަން ފޯމް ފުރުއްވުމަށްފަހު 28 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް [email protected]  އަށް މެއިލްކޮށްގެން.
  •  މައުލޫމާތު ދިނުމުގެ ބައްދަލުވުން: 28 މާރިޗް 2024 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މި އިދާރާ ގައި.
  • ޕްރޮޕޯސަލް ހުށަހެޅުމާއި ހުޅުވުން: 15 އެޕްރީލް 2024 ވާ ހޯމަ ދުވަހުގެ 10:30 ގައި މިއިދާރާގައި، ޕްރޮޕޯސަލް ހުށަހެޅުމަށް ބާއްވާ ބައްދަލުވުމުގައި.

މިއިޢުލާނާއި ގުޅޭ މަޢުލޫމާތާއި، ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ތަކެތި އެނގޭނެ މަޢުލޫމާތުޝީޓް ރަޖިސްޓްރީ ވެލައްވާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ. މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 28 މާރިޗް 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

21 މާރިޗު 2024