މަސައްކަތް
ނަންބަރު: (IUL)340/340/2024/16
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 12:15
ސުންގަޑި: 15 އޭޕްރިލް 2024 10:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ދިރާގު ސައިޓުގެ އިންވެގެން ދެކުނަށް އޮތް ރަސްދޫ ކައުންސިލްގެ ބިމުގައި ހުރި އިމާރާތް މަރާމާތުކުރުން:

މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ދިރާގު ސައިޓުގެ އިންވެގެން ދެކުނަށް އޮތް މި ކައުންސިލްގެ ބިމުގައި ހުރި ޢިމާރާތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ  ޢަމަލީ މަސައްކަތްކުރާ      ފަރާތްތަކުގެ   ޤަވާޢިދު         ނަންބަރު:  2019/R-1019" ގައިވާގޮތުގެމަތީން، ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2024 މާރިޗު 21 އިން 2024 އެޕްރީލް 14 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް މި ކައުންސިލްގެ  [email protected]  އަށް އީމެއިލް ނުވަތަ ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު 6660714 ފޯނާ ގުޅުއްވައިގެން ނުވަތަ ރަސްމީގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓުނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. އީމެއިލް މެދުވެރިކޮށް ނަންނޯޓްކުރަން ހުށަހަޅާފަރާތްތަކުން ތަނުގެ ނަމާއި ވެރިފަރާތުގެ ނަމާއި ފޯނުނަންބަރު ހިމަނައިގެން ހުށަހެޅުމަށް ސަމާލުކަން ދެއްވުން އެދެމެވެ. މި މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާނެއެވެ. މި ބިޑްޑޮކިއުމަންޓުގެ ހާޑްކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެރުފިޔާ) ދެއްކުމުންނެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ އަދި މަސައްކަތުގެ މަޢުލޫމާތުތަކާއި އިރުޝާދުތައް ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މަތީގައިވާ މެއިލަށް 2024 އެޕްރީލް 14 ވަނަ ދުވަހުގެ 10:00ގެ ކުރިން ފޮނުވުމުން ޖަވާބު ފޮނުވޭނެއެވެ.

މި މަސައްކަތުގެ ޕްރީބިޑް މީޓިންގ އޮންނާނީ 2024 މާރިޗު 25 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ. އަދި  ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2024 އެޕްރީލް 15 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ.

21 މާރިޗު 2024