ޢާންމު މަޢުލޫމާތު
ނަންބަރު: GS-188/IL/2024/12
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 25 އޭޕްރިލް 2024 12:00
މުންޑޫ ސްކޫލް، ލ. މުންޑޫ
ދިވެހިރާއްޖެ
2024 ވަނަ އަހަރު ސްކޫލަށް ކުދިން ވެއްދުމަށް ފުރުސަތު ހުޅުވާލުން

2024ވަނަ އަހަރު ސްކޫލަށް ކުދިން ވެއްދުމަށް ފުރުސަތު ހުޅުވާލުން

                  

      2024 ވަނަ އަހަރަށް މިސްކޫލަށް އަލަށް ވަންނަން އެދޭ ދަރިވަރުންނަށް އެފުރުޞަތު މިހާރު މިވަނީ ހުޅުވާލެވިފައެވެ. ވީމާ، މިސްކޫލަށް އަލަށް ވައްދަން ބޭނުންވާ ދަރިވަރުންގެ ތިރީގައި މިދަންނަވާ ލިޔުންތަކާއިއެކު ސްކޫލަށް ވަންނަން އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 25 އޭޕްރީލް 2024 ވާ ބުރާސްފަތިދުވަހުގެ 12:00ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ފޯމާއިއެކު ހުށަހަޅަން ޖެހޭ ލިޔުންތައް

  • ދަރިވަރުގެ އައިޑީކާޑުގެ ކޮޕީ (ދެފުށް ހިމެނޭ ގޮތަށް)
  • ދަރިވަރުގެ ވެކްސިން ކާޑުގެ ކޮޕީ
  • ދަރިވަރުގެ ސިއްޙީ އެއްވެސް މައްސަލައެއް ހުރިނަމަ، އެކަމާގުޅޭ ލިޔުންތަކުގެ ކޮޕީ
  • ބެލެނިވެރިޔާގެ އައިޑީކާޑުގެ ކޮޕީ (ދެފުށް ހިމެނޭ ގޮތަށް)

ފައުންޑޭޝަން އަށް ވައްދާނީ ތިރީގައިވާ ތާވަލުގައިވާ ގޮތައް އުމުރު ހަމަވާ ކުދިންނެވެ.

ގްރޭޑް

އެލް.ކޭ.ޖީ       2023 ޑިސެމްބަރ 31އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން

ޔޫ.ކޭ.ޖީ        އެލް.ކޭ.ޖީ ފުރިހަމަކޮށް، 2023 ޑިސެމްބަރ 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން

ސްކޫލަށް ވަންނަށް އެދޭ ފޯމް ސްކޫލްގެ އިދާރާއިން 2024 މާރިޗު 24 ވާ އާދީއްތަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 12:00އަށް ލިބެން ހުންނާނެއެވެ.

       ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

21 މާރިޗު 2024