ވަޒީފާގެ ފުރުޞަތު
ނަންބަރު: ު(IUL)FDC-HR/1/2024/19
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި:
27 މާރިޗު 2024 14:00
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބިލްޑިންގ ސާރވިސް އިންޖިނިއަރ
ވަޒީފާގެ ފުރުސަތު: ބިލްޑިންގ ސާރވިސް އިންޖިނިއަރ
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މި މަޤާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުގެ ތަފްސީލް މި އިއުލާން އާ އެޓޭޗް ކުރެވިފައިވާނެއެވެ.
މަޤާމު |
ބިލްޑިންގ ސާރިސް އިންޖިނިއަރ |
ބޭނުންވާ އަދަދު |
01 |
ކުރިމަތިލުމުގެ ސުންގަޑި |
27 މާރިޗު 2024 ބުދަ ދުވަހުގެ 14:00 |
ވަޒީފާއަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ އޮންލައިން ފޯމް ފުރުއްވައި ހުށަހެޅުއްވުން އެދެމެވެ.
https://forms.gle/EBumPFCh9UDJpj1BA
ވަޒީފާއަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:
- ވަޒީފާއަށް އެދޭ ފޯމު
- ސީވީ
- މުއްދަތު ހަމަނުވާ އައިޑީ ކާރޑް ކޮޕީ
- އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ޕޮލިސް ރިޕޯޓް (ހުށަހަޅަންވާނީ 01 މަސް ނުވާ ޕޮލިސް ރިޕޯޓެއް)
- ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ (މަސައްކަތް ކުރި އިދާރާ، މަގާމު، މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)
އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 09:00 – 14:00 އާ ދެމެދު މި ކޯޕަރޭޝަންގެ ނަންބަރު 7318778 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އިމެއިލަށް ލިޔުއްވުން އެދެމެވެ.
21 މާރިޗު 2024