ދިވެހިރާއްޖެ
ނަންބަރު : (IUL)ASMH-Procure/ASMH/2024/21
އިޢުލާން
އޮޓޮމެޓިކް ސްލައިޑިންގ ޑޯރ އަދި ޕާރޓިޝަން ހަރުކޮށްދޭނެ ފަރާތެއް ހޯދުން
މި ހޮސްޕިޓަލުގެ އޯޕީޑީ އޭރިއާގައި އޮޓޮމެޓިކް ސްލައިޑިންގ ޑޯރ ސިސްޓަމް ހަރުކުރުމާއި، ސްކޭންރޫމް،އެން.އައި.ސީ.ޔޫ އަދި ޕިޑިއެޓްރިކް ވޯޑުގައި އެލުމިނިއަމް ޕާރޓިޝަން ތައްޔާރުކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)ASMH-Procure/ASMH/2024/18 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅާފައިނުވާތީ، އެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަފަހަރަށް އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިޑުގައި ރަޖިސްޓްރީ ކުރުމާއި، މައުލޫމާތު ދިނުން އޮންނާނީ 25 މާރިޗް 2024 ވަނަދުވަހުގެ 13:00 އެވެ. ބިޑުގައި ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމާއި ބިޑުގައި ރަޖިސްޓްރީކުރުން: 25 މާރިޗް 2024، 13:00 ގައި
އަންދާސީ ހިސާބް ހުށަހެޅުން: 17 އޭޕްރިލް 2024، 10:00 އަށް
ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ)