ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)311/INDIV/2015/40
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 11:38
ސުންގަޑި: 26 އޭޕްރިލް 2015 14:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މެޝިނަރީ ހޯދައިދޭނެ ފަރާތެއް ހޯދުމަށް

މެޝިނަރީ ހޯދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

މިއިދާރާއަށާއި ފައިނު ޕްރީ ސްކޫލަށް ބޭނުންވާ ބައެއް މެޝިނަރީ ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު IUL)311/INDIV/2015/37)ފ(7 އޭޕްރިލް 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރައްވަން ވަޑައިގެންފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. މިއިދާރާއަށާއި ފައިނު ޕްރީ ސްކޫލަށް ބޭނުންވާ ތިރީގައިމިވާ ތަކެތި މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެމަތިން ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ހޯދަން ބޭނުންވާ ތަކެތި:

  • 10 ކޮމްޕިއުޓަރ ސިސްޓަމް
  • 2 ލެޕްޓޮޕް
  • 1 ޕްރޮޖެކްޓަރ
  • 2 ފޮޓޯކޮޕީމެޝިން (މަލްޓިފަންކްޝަން)
  • 1 ސައުންޑް ސިސްޓަމް

މަތީގައި ދެންނެވުނު ތަކެތި ހޯދައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ، 26 އެޕްރީލް 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 2:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށްފަހު ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިގަނެ ކެނޑުން އޮންނާނީ 30 އެޕްރީލް 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 2:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6580072 އަދި 7500320 ނަންބަރު ފޯނާއެވެ. އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތެއް ކަނޑައެޅުމުގައި ތިރީގައިވާ ކަންކަމަށް ބެލޭނެއެވެ.

  • ހުށަހަޅާ އަގު %80
  • ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު % 10
  • ވޮރެންޓީ  % 10

30 ޖުމާދަލްއާޚިރާ 1436

19 އޭޕްރިލް 2015