ދިވެހިރާއްޖެ
ކައުންސިލް އިދާރާއަށް ބޭނުންވާތަކެތި ހޯދައިދޭނެ ފަރާތެއް ބޭނުންވެއްޖެ
މިއިދާރާއަށް ބޭނުންވާ ބައެއްތަކެތި ހޯދުމަށްޓަކައި މިއިދާރާއިން ކުރި ނަންބަރު IUL)311/INDIV/2015/36)ފ(7 އެޕްރީލް 2015) ގެ އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ. މިއިދާރާއަށް ތިރީގައިމިވާ ތަކެތި މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެމަތިން ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ހޯދަން ބޭނުންވާ ތަކެތި:
- 5 ގޮނޑި (Middle Back)
- 50 ޕްލާސްޓިކް ގޮނޑި
- 1 ވަޅުދިޔަހިއްކާ ޕަމްޕް
މަތީގައި ދެންނެވުނު ތަކެތި ހޯދައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ، 26 އެޕްރީލް 2015 ވަނަ ދުވަހުގެ މެންދުރުކުރި 10:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށްފަހު ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިގަނެ ކެނޑުން އޮންނާނީ 30 އެޕްރީލް 2015 ވަނަ ދުވަހުގެ މެންދުރުކުރި 10:00ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6580072 އަދި 7500320 ނަންބަރު ފޯނާއެވެ. އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތެއް ކަނޑައެޅުމުގައި ތިރީގައިވާ ކަންކަމަށް ބެލޭނެއެވެ.
- ހުށަހަޅާ އަގު %80
- ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު % 10
- ވޮރެންޓީ % 10
30 ޖުމާދަލްއާޚިރާ 1436