ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)240-PMD 240 2024 22
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 21:27
ސުންގަޑި: 14 އޭޕްރިލް 2024 14:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުގެ ކުލަބު / ޖަމްޢިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ

އަތޮޅުގެ ކުލަބު / ޖަމްޢިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ

 

މިކައުންސިލްގެ 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައިވާ ގޮތުގެމަތިން މިއަތޮޅުގެ ކުލަބް/ ޖަމްޢިއްޔާތަކުން އަތޮޅުގެ ރަށްރަށުގައި ހިންގާ މުޖުތަމައުއާ ގުޅުންހުރި އެކިއެކި މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ މަލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މާލީ އެހީގެ ގޮތުގައި މިއަހަރު ކުލަބް / ޖަމްޢިއްޔާ  ތަކަށް ދޫކުރުމަށް ހަމަޖެހެހިފައިވަނީ ޖުމްލަ -/100,000ރ (އެއްލައްކަ ރުފިޔާ) އެވެ. މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ މުޖުތަމައަށް ފައިދާވާގޮތަށް ކުލަބް / ޖަމްޢިއްޔާތަކުން ހިންގާ މަޝްރޫޢުތަކަށެއެވެ. އެގޮތުން މިޕްރޮގުރާމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމުގައި މީގެކުރިން އެހީ ދެވިފައިނުވާ ރަށްރަށުގެ ކުލަބް/ ޖަމްޢިއްޔާތަކަށް އިސްކަންދެވޭނެއެވެ. މިއަހަރު އެހީދިނުމަށް ހަމަޖެހިފައިވަނީ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ 2 ކުލަބް ޖަމްޢިއްޔާއަކަށެވެ. މިގޮތުން ޖަމްޢިއްޔާއަކަށް ދެވޭނީ ގިނަވެގެން /-50،000ރ (ފަންސާސް ހާސް ރުފިޔާ)އެވެ.  

ވީމާ، މި އެހީއަށް އެދި ހުށަހަޅަން ބޭނުންވާ މި އަތޮޅުގެ ކުލަބް / ޖަމްޢިއްޔާތަކުން "ކުލަބް / ޖަމްޢިއްޔާތަކުން ހިންގާ މަޝްރޫޢުތަކަށް ފައިސާގެ އެހީ ހޯދުމަށް ހުށަހަޅާ ފޯމު" ފުރިހަމަ ކުރުމަށްފަހު، ބޭނުންވާ ލިޔެކިޔުމާއި އެކު 2024 އޭޕްރީލް 14 ވަނަ ދުވަހުގެ 14:00ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އެހީއަށް އެދި ހުށަހަޅާ ފޯމާއި، އެހީ ދިނުމުގެ އުސޫލު މި އިޢުލާނާއެކު އާންމުކުރީމެވެ.

18 މާރިޗު 2024