ޢާންމު މަޢުލޫމާތު
ނަންބަރު: S1C-2024/005
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 27 މާރިޗު 2024 14:00
އައްޑުއަތޮޅު މީދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިލްކުވެރިކަމާއިމެދު ދަޢުވާކުރާ ފަރާތެއްވޭތޯ ބެލުން

އިޢުލާން

މިލްކުވެރިކަން:

       ތިރީގައި މިދަންނަވާ ތަކެއްޗާއި ތަންތަނުގެ މިލްކުވެރިކަމާމެދު ދައުވާކުރާ ފަރާތެއްވާނަމަ 07 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން ލިޔުމުން އައްޑުއަތޮޅު މީދޫ މެޖިސްޓްރޭޓް ކޯޓަށް އެންގެވުން އެދެމެވެ.

  • ސ.މީދޫ "ލިވާ''  އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހާ އިމާރާތްތަކާއި ނުއުފުލޭ މުދާ
20 މާރިޗު 2024