މަސައްކަތް
ނަންބަރު: (IUL)253-OU-08275/253/2024/19
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 28 މާރިޗު 2024 11:00
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯޅިމަގުތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ކޯރުކޮނުމާއި ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ

ގޯޅިމަގުތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ކޯރުކޮނުމާއި ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ

ގޯޅިމަގުތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ކޯރުކޮނުމާއި ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މި އިދާރާގެ ނަންބަރު: (IUL)253-OU-08275/253/2024/15 (05 މާރިޗު 2024) އިޢުލާނާއި ގުޅިގެން ސައްޙަ އެސްޓިމޭޓެއް ލިބިފައިނުވާތީ އެސްޓިމޭޓް ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

މިރަށު އެކިއެކި ގޯޅިމަގުތަކުގައި އަލަށް ޖަހާ 11 މަގުމަތީ ބައްތި ޖެހުމަށް ބޭނުންވާ ކޯރުކޮނުމާއި ކޭބަލް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، ކައުންސިލުން ކޭބަލް ދިނުމުން މި މަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 2024 މާރިޗު 28 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2024 އެޕްރިލް 14 ވާ އާދިއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.

މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބުހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު، ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ފޯމް ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

10 ރަމަޟާން 1445

20 މާރިޗު 2024

20 މާރިޗު 2024