ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ
މާލެ، ދިވެހިރާއްޖެ
ނަންބަރު: IUL10-F/10/2024/36
އިޢުލާން
މި މިނިސްޓްރީގެ ފޮރިން ލޭބަރ ޑިޕާޓްމަންޓް ހިނގަމުންދާ ވޯޓަރ ފްރަންޓް އިމާރާތުގެ ގްރައުންޑް އަދި ފަސްޓް ފްލޯގައި ހަރުކޮސްފައިވާ އެއަރކޯންތައް ކޮންމެ 3 (ތިނެއް) މަހުން 1 (އެކެއް) މަހު، 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތެއް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ؛
މި މިނިސްޓްރީގެ ފޮރިން ލޭބަރ ޑިޕާޓްމަންޓް ހިނގަމުންދާ ވޯޓަރ ފްރަންޓް އިމާރާތުގެ ގްރައުންޑް އަދި ފަސްޓް ފްލޯގައި ހަރުކޮސްފައިވާ އެއަރކޯންތައް ކޮންމެ 3 (ތިނެއް) މަހުން 1 (އެކެއް) މަހު، 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތެއް ސަރވިސް ކޮށްދޭނެފަރާތެއް ބޭނުންވެއެވެ.
ވީމާ، މި ޚިދުމަތް ފޯރުކޮއްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާ އެއްފަތްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތުގެ އިތުރުން، އިތުރު އެއްވެސް މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް 2024 މާރިޗް 24 ވަނަ ދުވަހުގެ 12:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ. އަދި 2024 އޭޕްރިލް 15 ވަނަ ދުވަހުގެ 11:30 އަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރީޓީ އެންޑް ޓެކްނޮލޮޖީ / ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.