ވަޒީފާގެ ފުރުޞަތު
ނަންބަރު: ‭(IUL)MMPRC-HR/1/2024/34
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 15:41
ސުންގަޑި: 26 މާރިޗު 2024 12:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސީނިއަރ މެނޭޖަރ، ޕްރޮކިއުމަންޓް

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

    (IUL)MMPRC-HR/1/2024/34  :އިއުލާން ނަންބަރު

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: ސީނިއަރ މެނޭޖަރ، ޕްރޮކިއުމަންޓް

މުސާރަ (މަހަކު) : -/16,560 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/5,796  ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/4,968  ރުފިޔާ މަހަކު  

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާޓްމަންޓް / ސެކްޝަން: ޕްރޮކިއުމަންޓް

ބޭނުންވާ އަދަދު: 1

1. ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

 

ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް (މާސްޓަރސް ޑިގްރީ) ހާސިލްކޮށްފައިވުމާއިއެކު، މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ)،

ށ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 ނުވަތަ 7 ގެ ސަނަދެއް (ބެޗްލަރސް ޑިގްރީ) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  

 

2.      މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 ހ.  ކޯޕަރޭޝަންގެ އެހެން ސެކްޝަންތަކާ ގުޅިގެން މުޅި ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ނީޑްސްތައް އައިޑެންޓިފައިކޮށް އަހަރީ  ޕްލޭންއެއް އެކުލަވާލުން.   

ށ. ކޯޕަރޭޝަނަށް ބޭނުންވާ މުދަލާއި، ސަރވިސްތައް ޕްރޮކިއުރ ކުރުމުގެ މަސައްކަތް ހިންގާ ބަލެހެއްޓުން.

ނ. ގުޅުންހުރި ޑިޕާޓްމަންތަކާ ގުޅިގެން އާރްއެފްޕީތައް ތައްޔާރުކޮށް ފައިނަލް ކުރުމުގެ މަސައްކަތް ކުރުން.

ރ. ޙިދުމަތްތައް ހޯދުމަށް ކުރެވޭ އިޢުލާންތަކާ ގުޅިގެން ބޭއްވޭ އިންފޮމޭޝަން ސެޝަންސްތައް ކުރިއަށް ގެންދިއުމާއި، ސަބްމިޓްކުރެވޭ ބިޑްތައް ބަލައިގަނެ، އިވެލުއޭޝަން ކޮމިޓީއަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

ބ. ޕްރޮކިއުރ ކުރުމުގައި ވީހާވެސް ޚަރަދުކުޑަ ރަނގަޅު ޙިދުމަތެއް ލިބޭނެ ގޮތަކަށް އިވެލުއޭޝަން ޕްރޮސަސް ބައްޓަންކުރެވޭނެ ސިޔާސަތުތަކާ، އުޞޫލުތައް އެކުލަވާލައި ތަންފީޛުކުރުން. 

ޅ. ޑިޕާޓްމަންޓުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ރިކުއިޒިޝަންތައް ބަލައިގަތުމާއި، ޕަރޗޭސް އޯޑަރ ތައްޔާރުކުރުމާއި، އިނޮވޮއިސްތައް ހޯދުމާއި، ސަރވިސް ކޮންފަރމޭޝަންސްތައް ހޯދައި، ޕޭމަންޓް ޕްރޮސަސް ކުރުމަށް ކުރަންޖެހޭ މަސައްކަތް ހިންގާ ބެލެހެއްޓުން.   

ކ. ޕްރޮކިއުމަންޓް ޑެޓާތައް އަޕްޑޭޓްކޮށް، އެނަލައިޒްކޮށް މެނޭޖްމަންޓަށް ބޭނުންވާ ރިޕޯޓްތައް ތައްޔާތުކުރުން.

އ. ސަރވިސް ޕްރޮވަޑައިޑަރސް ގެ ޑޭޓާބެސްއެއް ޤާއިމްކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.

ވ. ކޯޕަރޭޝަނުން އެވަރޑް ކުރެވޭ އެންމެހާ މަސައްކަތްތަކުގެ ރަޖިސްޓަރ އެއް ޤާއިމުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން.

މ. މަސައްކަތް އެވަރޑްކުރެވޭ ފަރާތުން ކޮށްފައިވާ މަސައްކަތްތަކުގެ ފެންވަރު ބަލައި، އިޞްލާޙްކުރަންޖެހޭ ކަންކަން ހުރިނަމަ އެކަންތައް މެނޭޖްމަންޓްގެ ސަމާލުކަމަށް ގެނެސް، އެކަމާ ގުޅުންހުރި ރެކޯޑްސްތައް ބެލެހެއްޓުން.

ފ. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާ އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

 

3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

26 މާރިޗު  2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4. ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

5. އިތުރު މަޢުލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 

6. އެޑްރެސް ކުރައްވާނީ:

ފާޠިމަތު ތައުފީޤު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

19 މާރިޗު 2024 

19 މާރިޗު 2024