ދިވެހިރާއްޖެ
މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ (IUL)MMPRC-HR/1/2024/30 :އިޢުލާން ނަންބަރު ވަޒީފާގެ ފުރުޞަތު
|
|
މަޤާމުގެ ނަން: ސީނިއަރ މާކެޓިންގ ކޯޑިނޭޓަރ |
- މުސާރަ (މަހަކު) : -/9,792 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް:-/3,427 ރުފިޔާ މަހަކު - ލިވިންގ އެލަވަންސް:-/2,938 ރުފިޔާ މަހަކު - ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް - ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު) - ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު) - ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު) - އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
ޑިޕާރޓްމަންޓް / ސެކްޝަން: މާކެޓިންގ އެންޑް ރިސާރޗް |
ބޭނުންވާ އަދަދު: 2 |
1.ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ) ށ.ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 (އެޑްވާންސް ސެޓްފިކެޓް) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ) ނ. ޖީ.ސީ.އީ. އޯލެވެލް ފުރިހަމަކޮށް، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާ އަކުން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
2.މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ހ. ދަތުރުފަތުރުގެ ޓްރެންޑްތަކާއި އުސޫލުތަކާއި، ދަތުރުވެރިންގެ ޕްރޮފައިލްތަކާއި، އުމުރުފުރާތަކާއި، ސުލޫކުތަކާއި، އެވްރެޖްކޮށް ތިބޭ ރޭތަކާއި، ޚަރަދުކުރުމުގެ ބާރު، ރޭންކިން ފަދަ ކަމާބެހޭ ފަރާތްތަކުން ލިބެންހުރި ޑޭޓާއާއި ތަފާސްހިސާބުތައް ތަޙުލީލުކޮށްގެން ޑެސްކް ރިސާޗްކުރުން ށ. ކުއަންޓިޓޭޓިވް އަދި ކޮލިޓޭޓިވް ރިސާޗް ޑިޒައިންކޮށްގ ޙަވާލުކުރެވިފައިވާ މާކެޓްތަކުން ތަފްޞީލީ ޑޭޓާ އެއްކުރުން ނ. ކަމާބެހޭ މާކެޓްތަކުން ޑޭޓާ އެއްކުރުމުގެ ފުރުސަތުތައް ދެނެގަތުމަށް ބޭރު ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން ރ. ކަމާބެހޭ މާކެޓްތަކަށް އެންމެ ފަހުގެ ކަސްޓަމަރ ޑޭޓާބޭސްއެއް އުފައްދައި، އެ ޑޭޓާބޭސް ބެލެހެއްޓުން ބ. ޑެސްޓިނޭޝަންގެ ވާދަވެރިން ދެނެގަނެ، ދިރާސާކޮށް ތަޙުލީލުކޮށް، އަދި ސްޓްރެޓެޖީތައް ހުށަހެޅުން ޅ. އެކިއެކި ރިސާރޗް މެތޮޑޮލޮޖީތަކާއި ޕްލެޓްފޯމްތަކުގެ ތެރެއިން އެއްކުރެވޭ މަޢުލޫމާތުތައް ތަޙުލީލުކުރުން ކ. ރިސާރޗް ރިޕޯޓްތައް ލިޔެ ރިސާރޗްގެ ހޯދުންތައް މަހަކު، ހަފްތާއަކު ނުވަތަ ދުވަހުން ދުވަހަށް ހުށަހެޅުން އ. ރިސާރޗްގެ ހޯދުންތަކަށް ބަލައިގެން ޙަވާލުކުރެވިފައިވާ މާކެޓްތަކުގައި މާކެޓިންގ ކެމްޕޭންތައް ހިންގުން ވ. ފެމް ޓްރިޕްސް، ފެއާސް، ނުވަތަ ރޯޑްޝޯސް އިންތިޒާމް ކުރުމަށް މެނޭޖްމަންޓަށް ނުވަތަ އިވެންޓް އޮޕަރޭޝަންސްއަށް ލަފާ ދިނުން. މ. ލަނޑުދަނޑިތަކާއި މެޓްރިކްސް ޤާއިމުކޮށް، ކުރިއަށް އޮތް ކެމްޕޭންތަކަށް ހައްލުތައް ހުށަހަޅައިގެން މާކެޓިންގ ކެމްޕޭންތަކުގެ ފައިދާ ވަޒަންކުރުން ފ. ޕްރޮޑަކްޓް ޑައިރެކްޓަރީއާއި ޑެސްޓިނޭޝަން ގައިޑްގެ ކޮންޓެންޓްތަކާއި ޓެމްޕްލޭޓްތައް އަހަރަކު އެއްފަހަރު ތައްޔާރުކުރުން ދ. އިވެންޓްތަކުގައި ބޭނުންކުރުމަށް ތައްޔާރުކުރަންޖެހޭ އެކަށީގެންވާ މާކެޓިންގ މެޓީރިއަލްތައް ދިރާސާކޮށް ހުށަހެޅުން ތ. ދަތުރުވެރިންނާއި ކަސްޓަމަރުންގެ ތަޖުރިބާތައް ދެނެގަތުން ލ. ރިސާރޗްގެ ހޯދުންތަކަށް ބަލައިގެން މަސައްކަތުގެ ޕްރޮސެސް އިތުރަށް ފުރިހަމަ ކުރުމަށް ސޯޝަލް މީޑިއާ ޓީމާއި އިވެންޓް އޮޕަރޭޝަންސް ޓީމާ ގުޅިގެން މަސައްކަތްކުރުން ގ. ކޯޕަރޭޝަނުން އިންތިޒާމުކުރާ ހަރަކާތްތަކުގައި/ހަރަކާތްތަކުގައި ބައިވެރިވުން |
|
3.ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 26 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
|
4.ހުށައަޅަންޖެހޭ ލިޔުންތައް: ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން). ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ. ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ. ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް. |
|
5.އިތުރު މަޢުލޫމާތު: ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ. ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ. ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ. ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ. 6.އެޑްރެސް ކުރައްވާނީ: ފާޠިމަތު ތައުފީޤު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން |
|
19 މާރިޗު 2024 |