ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2024/32
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 15:27
ސުންގަޑި: 26 މާރިޗު 2024 12:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ، އެޗް.އާރް

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

 

(IUL)MMPRC-HR/1/2024/32:އިއުލާން ނަންބަރު 

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ޑިރެކްޓަރ، އެޗް.އާރް

މުސާރަ (މަހަކު) : -/19,602 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/6,861  ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/5,881  ރުފިޔާ މަހަކު  

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާޓްމަންޓް / ސެކްޝަން: ހިއުމަން ރިސޯސް ސެކްޝަން

ބޭނުންވާ އަދަދު: 1

1. ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް (މާސްޓަރސް ޑިގްރީ) ހާސިލްކޮށްފައިވުމާއިއެކު، މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ، ގުޅޭ ދާއިރާއަކުން ލިބިފައިވުން (ނުވަތަ)،

ށ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 ނުވަތަ 7 ގެ ސަނަދެއް (ބެޗްލަރސް ޑިގްރީ) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  

 

2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 ހ.  ކޯޕަރޭޝަންގެ ބިޒްނަސް އޮބްޖެކްޓިކްވްސް ތަކަށް އެލައިންވާ ގޮތަށް ހިއުމަން ރިސޯސް ސްޓްރެޓެޖީސްތައް އެކުލަވާލައި ތަންފީޛުކުރުން.   

ށ. ކޯޕަރޭޝަންގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، މުޅި ކޯޕަރޭޝަންގެ ތަރައްޤީއަށް މަސައްކަތް ކުރާނެ ގޮތުގެ ލަފަޔާއި އިރުޝާދު މެނޭޖްމަންޓަށް ފޯރުކޮށްދިނުން.

ނ. ކޯޕަރެޝާންގެ ރެކްރޫޓްމަންޓް އަދި އޮންބޯޑިން ޕްރޮސަސް އޮވަރސީކޮށް، މިތަނަކީ ހުނަރުވެރި ޤާބިލު ފަރާތްތައް ޝައުޤުވެރިވާފަދަ އިދާރައަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

ރ. ކޯޕަރޭޝަންގެ ޓެލެންޓް މެނޭޖްމަންޓް ޕްލޭންތަކާއި، ސަކްސަޝަން ޕްލޭންސްތައް އެކުލަވާލައި ތަންފީޛުކުރުން.

ރ. މުވައްޒަފުންނާއި ސީދާ ގުޚުންހުރި މައްސަލަތައް އަވަސްކަމާއެކު ބަލައި ހައްލު ހޯދުމާއި، ޕޒިޓިވް ކަލްޗަރއެއް ކޯޕަރޭޝަންގައި ބިނަކުރުމަށް މަސައްކަތް ކުރުން.

ބ. ވަޒީފާގެ މާހައުލުގައި ހުރިހާ މުވައްޒަފުންނަށް ވެސް ހަމަހަމަ ސިޔާސަތުތަކެއް އެކަށައެޅުމަށް ބާރުއަޅައި، އެފަދަ ސިޔާސަތުތަކާއި، އުޞޫލުތައް އެކުލަވާލުން.

ބ. ކޯޕަރޭޝަންގެ ޓްރެއިނިންގ ނީޑްސްތައް އައިޑެންޓިފައިކޮށް، މމުވައްޒަފުން ބިނާކޮށް ތަރައްޤީކުރުމަށް ބޭނުންވާ ޓްރެއިނިންގ ތައް ހިންގުން.

ޅ. ކެރިއަރ ޑިވެލޮޕް ކުރެވޭނެ ފަހި ފުރުސަތުތަކެއް މުވައްޒަފުންނަށް ހޯދައިދީ، މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތް ކުރުން.

ކ. ކޯޕަރޭޗަންގެ ހިއުމަން ރިސޮސް ފަންކްޝަންގެ މަސައްކަތް ބައްޓަންކުރެވިފައިވަނީ ޤާނޫނުތަކާއި، ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުން.  

ޅ. ކޯޕަރޭޝަންގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނިޡަމް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.   

ކ. ކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޕޮލިސީއަށް ގެންނަޖެހޭ ބަދަލުތައް ދިރާސާކޮށް އެފަދަ ބަދަލުތައް ގެނައުން.

ވ. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާ އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

26 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4. ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

5. އިތުރު މަޢުލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

6. އެޑްރެސް ކުރައްވާނީ:

ފާޠިމަތު ތައުފީޤު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

19 މާރިޗު 2024 

 

19 މާރިޗު 2024