ދިވެހިރާއްޖެ
މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ (IUL)MMPRC-HR/1/2024/31:އިޢުލާން ނަންބަރު ވަޒީފާގެ ފުރުޞަތު
|
|
މަޤާމުގެ ނަން: ސޯޝަލް މީޑިއާ އެސިސްޓެންޓް |
- މުސާރަ (މަހަކު) : -/6,809 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް:-/2,383 ރުފިޔާ މަހަކު - ލިވިންގ އެލަވަންސް:-/2,043 ރުފިޔާ މަހަކު - ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް - ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު) - ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު) - ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު) - އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
ޑިޕާރޓްމަންޓް / ސެކްޝަން: ސޯޝަލް މީޑިއާ |
ބޭނުންވާ އަދަދު: 1 |
1.ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: ހ. މަޤާމާއި ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ހާސިލްކޮށްފައިވުން (ނުވަތަ) ށ. އޭ ލެވެލް ފުރިހަމަކޮށްފައިވުން (ނުވަތަ) ނ. ޖީ.ސީ.އީ. އޯލެވެލް ފުރިހަމަކޮށް، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާ އަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
2.މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ހ. ސޯޝަލް މީޑިއާ މާކެޓިންގ ކެމްޕެއިންތައް ޕްލޭންކޮށް ތައްޔާރުކުރުމާއި ކޯޕަރޭޝަނުގެ އެޑްވަޓައިޒިންގ ކެމްޕެއިންތައް ތަފާތު ޕްލެޓްފޯމްތައް މެދުވެރިކޮށް (ލިންކްޑްއިން، ގޫގްލް އަދި ޓްވިޓަރ، ފޭސްބުކް، އިންސްޓަރގްރާމް، ޓިކްޓޮކް އަދި ޕިންޓްރެސްޓް ހިމެނޭގޮތަށް) ކުރިއަށް ގެންދިއުން. ށ. މާކެޓިންގެ ލަނޑުދަނޑިތައްހާސިލްކުރުމަށްޓަކައި އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް މި ކޯޕަރޭޝަނުގެ ސޯޝަލް މީޑިއާ މާކެޓިންގ ސްޓްރެޓެޖީތައް ތަންފިޒުކޮށް، ކާމިޔާބުމަކާއެކު ކުރިއަށްގެންދިއުން. ނ. ސުޕަވައިޒަރގެ ލަފާގެ ދަށުން ކޮންޓެންޓް ކަލަންޑަރ ޕްލޭންކޮށް ބެލެހެއްޓުމާއި، ސޯޝަލް މީޑިއާ ޗެނަލްތަކުގައި ދުވަހުން ދުވަހަށް ކުރެވޭ ޕޯސްޓްތައް މޮނިޓަރ ކުރުމާއި ބެލެހެއްޓުން. ރ. ސޯޝަލް މީޑީއާއާ ގުޅުންހުރި އެޑްވަޓައިޒިންގ ކެމްޕެއިންތައް ކުރިއަށްގެންދިއުމާއި އިތުރަށް ތަރައްޤީކޮށް ފެންވަރުމަތި ކުރުމުގައި އެހީތެރިވުން. ބ. މާކެޓިންގ ކެމްޕެއިންތައް/އިވެންޓްތައް ރާވާ އިންތިޒާމް ކުރުމާއި ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެހީތެރިވެ އެއްބާރުލުން ދިނުން. ޅ. ޓްރެކިންގ އަދި އެނެލެޓިކް ޓޫލްތައް ބޭނުންކޮށްގެން ކެމްޕެއިންތަކުގެ ޕަރފޮމަންސް ބެލުމާއި ރިޕޯޓްތައް ތައްޔާކޮށް މެނޭޖްމަންޓާއި ހިއްސާކުރުން. ކ. ކްރިއޭޓިވް ޓީމް އަދި މާކެޓިންގ ޓީމާއެކު ބްރެއިންސްޓޯމްކޮށް ތަފާތު ޚިޔާލުތައް ހޯދައި ސެކްޝަނުގެ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުން. ވ. ފެމް ޓްރިޕްސް، ފެއާސް، ނުވަތަ ރޯޑްޝޯސް އިންތިޒާމް ކުރުމަށް މެނޭޖްމަންޓަށް ނުވަތަ އިވެންޓް އޮޕަރޭޝަންސްއަށް ލަފާ ދިނުން. މ. ލަނޑުދަނޑިތަކާއި މެޓްރިކްސް ޤާއިމުކޮށް، ކުރިއަށް އޮތް ކެމްޕޭންތަކަށް ހައްލުތައް ހުށަހަޅައިގެން މާކެޓިންގ ކެމްޕޭންތަކުގެ ފައިދާ ވަޒަންކުރުން ފ. ޕްރޮޑަކްޓް ޑައިރެކްޓަރީއާއި ޑެސްޓިނޭޝަން ގައިޑްގެ ކޮންޓެންޓްތަކާއި ޓެމްޕްލޭޓްތައް އަހަރަކު އެއްފަހަރު ތައްޔާރުކުރުން ދ. އިވެންޓްތަކުގައި ބޭނުންކުރުމަށް ތައްޔާރުކުރަންޖެހޭ އެކަށީގެންވާ މާކެޓިންގ މެޓީރިއަލްތައް ދިރާސާކޮށް ހުށަހެޅުން ތ. ދަތުރުވެރިންނާއި ކަސްޓަމަރުންގެ ތަޖުރިބާތައް ދެނެގަތުން ލ. ރިސާރޗްގެ ހޯދުންތަކަށް ބަލައިގެން މަސައްކަތުގެ ޕްރޮސެސް އިތުރަށް ފުރިހަމަ ކުރުމަށް ސޯޝަލް މީޑިއާ ޓީމާއި އިވެންޓް އޮޕަރޭޝަންސް ޓީމާ ގުޅިގެން މަސައްކަތްކުރުން ގ. ކޯޕަރޭޝަނުން އިންތިޒާމުކުރާ ހަރަކާތްތަކުގައި/ހަރަކާތްތަކުގައި ބައިވެރިވުން |
|
3.ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 26 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
|
4.ހުށައަޅަންޖެހޭ ލިޔުންތައް: ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން). ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ. ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ. ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް. |
|
5.އިތުރު މަޢުލޫމާތު: ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ. ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ. ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ. ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ. 6.އެޑްރެސް ކުރައްވާނީ: ފާޠިމަތު ތައުފީޤު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން |
|
19 މާރިޗު 2024 |