މަސައްކަތް
ނަންބަރު: (IUL)417-IMS/417/2024/59
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 15:19
ސުންގަޑި: 24 މާރިޗު 2024 11:30
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުއާން މުބާރާތުގައި ބޭނުންކުރާނޭ އެޕްލިކޭޝަންއެއް/ޕޯޓަލްއެއްގެ ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު

މިކައުންސިލްގެ ޤުރުއާން މުބާރާތުގައި ބޭނުންކުރާނޭ އެޕްލިކޭޝަންއެއް/ޕޯޓަލްއެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)417-IMS/417/2024/51 އިޢުލާން އާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމަވެ. މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން މިއިޢުލާން އާއި އެކު އާންމުކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް 24 މާރިޗު 2024 ގެ 11:30 އަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކޯޓޭޝަން ހުށަހަޅުއްވަނީ ކުންފުނި / ކޯޕަރޭޓިވް އަކުންނަމަ ޕްރޮޕޯސަލް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ ކުންފުނި / ކޯޕަރޭޓިވްގެ ސިޓީއަކާއިއެކު އެ ތަނުގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ އިކޮނޮމިކް މިނިސްޓްރީ އިން ދޫކުރައްވާ ބިޒްނަސް ޕްރޮފައިލްގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. ކޯޓޭޝަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަމުގެ ސިޓީއެއް، ކޯޓޭޝަން ހުށަހެޅުމުގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެ ގިނަ ފަރާތުގެ ނަމުގައި ކޯޓޭޝަން ހުށައެއްނޭޅޭނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 މާރިޗު 2024