ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)431-AHP/1/2015/11
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 09:57
ސުންގަޑި: 07 އޭޕްރިލް 2015 12:00
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

މި އިޢުލާންވަނީ 05 މޭ 2015 14:32 ގައި ބާތިލް ކުރެވިފައެވެ.


ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް އެސް 2 (މެނޭޖީރިއަލް ސާރވިސް 2)/ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު

01

ވަޒިފާ އަދާ ކުރަންޖެހޭ ރަށް/ އޮފީހާއި، ސެކްޝަން

މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ/ ސްޕޭޝަލް ސެކްޝަން ، ކ. މާލެ

މަޤާމުގެ ނަންބަރު

227291

މުސާރައާއި އިނާޔަތްތައް

  • މުސާރަ: -/6،295 ރ
  • ސަރވިސް އެލަވަންސް: -/2،000 ރ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

(އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އެން.ޖީ.އައި.އެސް ސިސްޓަމްގެ ޖިއޯޑޭޓާބޭސް ބެލެހެއްޓުމުގެ މަސައްކަތުގައި އެހީތެރިވެދިނުން
  • އެންޖީއައިއެސްއަށް ބޭނުންވާ ޖިއޯސްޕޭޝަލް ޑޭޓާތައް ޖިއޯޑޭޓާބޭސްއަށް މައިގްރޭޓްކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  • އެންޖީއައިއެސްގެ ޖިއޯޑޭޓާބޭސް ބެކަޕްކޮށް ރައްކާތެރިކޮށް ބެލެެހެއްޓުން.
  • ޖިއޯޑޭޓާބޭސްގައި މަޢުލޫމާތު އެކުލަވާލުމުގައި ސްޓޭކްހޯލްޑަރސްއާއި މަޝްވަރާ ބައްދަލުވުންތައް ރާވައި، ބޭނުންވާ ސަޕޯޓު ދިނުމުގައި އެހީތެރިވެދިނުން
  • ޖިއޯޑޭޓާބޭސް އަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިވެދިނުން
  • ޖިއޯޑޭޓާބޭސް ޑިޒައިން ޑޮކިއުމަންޓްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން
  • ޖީއައިއެސް ހާޑްވެއަރއާއި ސޮފްޓްވެއަރއާގުޅޭ ކަންތައްތަކުގައި އެހީތެރިވެދިނުން
  • ޖީއައިއެސް ސޮފްޓްވެއަރ އަދި ހާޑްވެއަރ އިންސްޓޯލްކުރުމުގައި ސްޓޭކްހޯލްޑަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިން.
  • ޑިޕާޓްމަންޓުގެ ސޮފްޓްވެއަރ އަދި ހާޑްވެއަރއަށް ދިމާވާ މައްސަލަތައް ހައްލުކުރުން
  • އެންޖީއައިއެސް ޖިއޯޑޭޓާބޭސްގެ ބެކަޕްތައް ހެދުމުގައި އެހީތެރިވެދިނުން
  • މަތީގައިވާ ކަންތައްތަކާއި ގުޅިގެން:
  1. ފޮނުވަންޖެހޭ ސިޓީ ޑްރާފްޓްކުރުން، ސިޓީތަކާއި ލިޔުންތައް ފައިލްކުރުން އަދި ފައިލްތައް ބެލެހެއްޓުން
  2. މިނިސްޓްރީގެ ސެކްޝަންތަކަށް ފޮނުވަންޖެހޭ މެމޯ ޑްރާފްޓްކޮށް ފޮނުވުމާއި މެމޯ ފައިލްކޮށް ބެލެހެއްޓުން
  3. އެހެން އޮފީސްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  • ސެކްޝަނަށް އަންނަ ސިޓީތަކާއި ސެކްޝަނުން ބޭރަށް ފޮނުވަންޖެހޭ ސިޓީތައް އެންޓަރކޮށް ބެލެހެއްޓުން
  • އަދި މީގެ އިތުރުން ސެކްޝަނުން ހަވާލުކުރާ ވަޒީފާގެ މަސްއޫލިއްޔަތާ ގުޅުންހުރި މަސައްކަތްތައްކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004265 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.

  • ސުންގަޑި: 07 މޭ 2015 ވާ ބުރާސްފަތިދުވަހުގެ މެންދުރު 12:00 ގެ ކުރިން 
  • އިންޓަރވިއު ބޭއްވޭނެ މުއްދަތު: މޭ މަހުގެ ތެރޭގައި މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގައި ބޭއްވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއިންނާއި މިނިސްޓްރީގެ (http://www.housing.gov.mv ) ވެބްސައިޓުންނެވެ.)
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ މުއްދަތު އެނގޭގޮތަށް އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް (މުއްދަތު އެނގޭ ގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

04 ރަޖަބު 1436

23 އޭޕްރިލް 2015