ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)246/246/2024/13
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 13:09
ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. މޮޅަދޫގައި އެއްގަމު އުޅަނދުގެ ލައިސަންސް ދޫކުރަން ފެއްޓުން

ހއ. މޮޅަދޫގައި އެއްގަމު އުޅަނދުގެ ލައިސަންސް ދޫކުރަން ފެއްޓުމާގުޅޭ

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކަމާއިއެކު ލައިސަންސް ނެގުމަށް މަގުފަހި ކޮށްދިނުމަށްޓަކައި ރަށުން  A1, A0 ކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެގުމުގެ ޚިދުމަތް 19 މާރިޗު 2024 އިން ފެށިގެން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ 19 މާރިޗު 2024 އިން ފެށިގެން އަލަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމާއި، ލައިސަންސް  އައު ކުރުމުގެ ޚިދުމަތަށް ސިމްސް ޕޯޓަލް ( sims.transport.gov.mv) މެދުވެރިކޮށް، މި ކައުންސިލަށް އެދެވޭނެއެވެ. ސިމްސް ޕޯޓަލްގައި ރަޖިސްޓްރީ ކުރެވޭނީ އީފާސް ގައި ރަޖިސްޓްރީ ކޮށްގެންނެވެ.

ލައިސަންގެ ޚިދުމަތަށް އެދި ހުށައަޅާ އެޕްލިކޭޝަންތަކަށް ދައްކަންޖެހޭ ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިން ކޮށެވެ. މިގޮތުން ޚިދުމަތަށް އެދި ފޯމް ހުށަހަޅައި ފޯމް ވެރިފައިކޮށް ނިމުމުން ޕޯޓަލް ތެރެއިން ފައިސާ ދެއްކޭނެއެވެ. މިދެންނެވި ފައިސާ އަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއަށް ދަންކަން ޖެހޭ ފައިސާއެވެ.

ޚިދުމަތް ކުރިއަށް ދާނީ އެޕްލިކޭޝަން ފުރިހަމަކޮށް، މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަނަށް ދައްކަންޖެހޭ ފައިސާ އާއި އެއްގަމު ލައިސަންގެ ޚިދުމަތުގެ އިދާރީ ފީ ގެ ގޮތުގައި މިކައުންސިލަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހުގައެވެ.

އެއްގަމު ލައިސަންސް ޚިދުމަތަށް އިދާރީ ފީއެއްގެ ގޮތުގައި -/50 ރުފިޔާ ކައުންސިލް އިދާރާއަށް ދައްކަންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑިގައި 6500031 ނަންބަރާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 މާރިޗު 2024