ވަޒީފާގެ ފުރުޞަތު
ނަންބަރު: ކހ/2015/05
ޕަބްލިޝްކުރި ތާރީޚް: 22 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 09:44
ސުންގަޑި: 04 މޭ 2015 15:00
ކުޑަކުދިންގެ ހިޔާ، ކ. ވިލިނގިލި
ދިވެހިރާއްޖެ
ޓިއުޝަން ޓީޗަރ

މިވަޒީފާތަކަކީ މިހިޔާއަށް ހެޔޮއެދޭ ފަރާތަކުން ދެއްވާ ސްޕޮންސާރއެއްގެ ދަށުން ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރަން ހަމަޖެހިފައިވާ މަޤާމުތަކެކެވެ.

މަޤާމު

ޓިއުޝަން ޓީޗަރ(އެމް.ޓީ.ސީ.ސީ ސްޕޮންސަރ)

ބޭނުންވާ އަދަދު

1

މުސާރަ

މަހަކު -/3200 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ / ކ.ވިލިމާލެ

ތަޢުލީމާއި ތަޖުރިބާ

 

  • ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދައްވެގެން "ސީ" ފާސް ލިބިފައިވުމާއި، ސެކަންޑްރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • މި މަޤާމުތަކަށް މުވައްޒަފުން ހޮވުމުގައި ކުދިންނަށް ކިޔަވައިދިނުމަށް ޝައުޤުވެރިކަން ހުންނަ ކުޑަކުދިންގެ ހިޔާކަހަލަ ތަނެއްގައި މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އިންޓަވިއުކުރުމަށް ފަހު އިސްކަންދެވޭނެއެވެ.

މަޤާމު

ޓިއުޝަން ޓީޗަރ (އާރކް ސްޕޮންސަރ)

ބޭނުންވާ އަދަދު

1

މުސާރަ

މަހަކު -/5000 ރުފިޔާ

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. -/1000 ރުފިޔާ އާއި ހަމައަށް.

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ/ ކ.ވިލިމާލެ

ތަޢުލީމާއި ތަޖުރިބާ

 

  • މަތީ ސާނަވީ އިމްތިޙާނުން ބިޒްނަސް ސްޓަޑީސް، އެކޮނޮމިކްސް އަދި އެކައުންޓިންގ ދައްވެގެން "ބީ" ފާސް ލިބިފައިވުމާއި، ސެކަންޑްރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • މި މަޤާމްތަކަށް މުވައްޒަފުން ހޮވުމުގައި ކުދިންނަށް ކިޔަވައިދިނުމަށް ޝައުޤުވެރިކަން ހުންނަ ކުޑަކުދިންގެ ހިޔާކަހަލަ ތަނެއްގައި މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އިންޓަވިއުކުރުމަށް ފަހު އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދޭ ސިޓީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) އެކްރެޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅި ނަމަވެސް ބާޠިލުވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭވަރުގެ ސާފު ކޮޕީ
  • ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގުރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  • ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި

04 މޭ 2015 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ކުޑަކުދިންގެ ހިޔާ އަށް ހުށަހެޅުން.

އިންޓަވިއު އޮންނާނެ ތަން: 

ކުޑަކުދިންގެ ހިޔާ، ވިލިނގިލި، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3391693/ 3391694 އެވެ.

22 އޭޕްރިލް 2015