ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2024/28
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 12:45
ސުންގަޑި: 21 މާރިޗު 2024 11:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާޑުގެ ބާވަތްތައް ބެހުމާއި ގުޅޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، މިއަހަރުގެ ރަމަޟާންމަހަށް ޚާއްސަކޮށްގެން ރަށުގެ ގޭބިސީތަކަށް، ހަދިޔާ ކުރެއްވުމަށް ފޮނުވާފައިވާ ކާޑުގެ ބާވަތްތައް ރަށުގެ ގޭބިސީތަކަށް ބެހުމަށްފަހު، އިތުރުވި  30  ބަސްތާ ކާޑު ބޭނުންވާ ގޭބިސީތަކަށް ދިނުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ކާޑު ބެހުމަށް ހަމަޖެހިފައިވަނީ އިތުރުވި 30 ބަސްތާ ހުސްވަންދެން އަންނަ ތަރުތީބުން ކޮންމެ ގެއަކަށް 02 ބަސްތާގެ (ހަނޑޫ އަދި ފުށް) ރޭޓުންނެވެ. ވީމާ 20 މާރޗް 2024 އިން 21 މާރޗް 2024 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 9:30 އިން 11:00 އަށް ކައުންސިލް އިދާރާއަށް ދުރުވެ މި ތަކެއްޗާއި ހަވާލުވުން އެދެމެވެ.

              ކާޑާއި ހަވާލުވުމައް ކޮންމެ ގޭބިސީއަކުން ބޭފުޅަކު ވަޑައިގަންނަވާއިރު އައިޑީކާޑުހިފައިގެން ކައުންސިލް އިދާރާއަށް ހާޒިރުވެ ކާޑުގެ ބާވަތްތައް ނެންގެވުމަށް އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.

19 މާރިޗު 2024