ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)378/378/2024/19
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 12:40
ސުންގަޑި: 27 މާރިޗު 2024 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުދެލީ ޕްރީސްކޫލަށް ކުދިން ވެއްދުމާބެހޭ

26 މެއި 2024 ގައި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށްހަމަޖެހިފައި ވާތީ ، ހުޅުދެލީ ޕްރީސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލަމެވެ. 2024-2025 ވަނަ ދިރާސީ އަހަރަށް މި ސްކޫލްގެ ބޭބީ ނާސަރީ، އަދި ނާސަރީއަށް ކުދިން ވެއްދުމާއި ، އެއް ގްރޭޑުން އަނެއް ގްރޭޑަށް ކުދިން ބަދަލުކުރެވޭ  އުމުރުފުރާ ތިރީގައި އެވަނީއެވެ.

 ސްކޫލަށް ވެއްދުމުގެ އުމުރުފުރާ

ކުލާސް

އުމުރުފުރާ

ބޭބީ ނާސަރީ

2023 ޑިސެމްބަރ 31 އަށް 2 އަހަރު ފުރި  3 އަހަރު ނުފުރޭ ކުދިން

ނާސަރީ

2023 ޑިސެމްބަރ 31 އަށް 3 އަހަރު ފުރި  4 އަހަރު ނުފުރޭ ކުދިން

ސްކޫލް ފީ

މި ސްކޫލްގެ ފީއަކީ ކޮންމެ މީލާދީ މަހަކަށް -/200 (ދުއިސައްތަ ރުފިޔާ) އެވެ.

ހުޅުދެލީ ޕްރިސްކޫލްގެ އެޑްމިޝަން ފޯމް ދޫކުރުމާއި ، ބަލައިގަތުން ކުރިއަށްދާނީ  19 މާރޗް 2024 ން 27 މާރޗް 2024 ( ބުދަ) ދުވަހުގެ ނިޔަލަށެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ، ފާޠިމަތު ސިޒްމީން  ( 9869909) އެވެ.

ވީމާ،މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

19 މާރިޗު 2024