ދިވެހިރާއްޖެ
އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލު ކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޤާމު: އެސިސްޓެންޓް ޓަރމިނަލް ސަރވިސަސް އޮފިސަރ
ބޭނުންވާ އަދަދު: 02
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ ޓަރމިނަލް ސަރވިސަސް
ޝަރުޠު:
- އޯލެވެލް 2 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ލިބިފައިވުން.
- ކަސްޓަމަރ ސަރވިސްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- އުމުރު: އުމުރުންް 18 އާއި 25 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ޓަރމިނަލްގެ އިންފޮމޭޝަން ޑެސްކުގައި މަސައްކަތްކުރުން.
- ޕަސެންޖަރުންނަށް ފޯރުކޮށްދޭންޖެހޭ ޕަބްލިކް އެނައުންސްމަންޓްތައް ދިނުން.
- ފްލައިޓް އިންފޮމޭޝަން ޑިސްޕްލޭ އަޕްޑޭޓްކުރުން.
- ޚާއްޞަ އެހީއަށް ބޭނުންވާ ޕަސެންޖަރުންނަށް (ފުރޮޅުލީ ގޮނޑި އަދި ފުރޮޅުލީ އެނދުގެ ޚިދުމަތްތަކަށް ބޭނުންވާ ފަރާތްތަކާއި، ދުވަސްވީ ފަތުރުވެރިން އަދި ޅަދަރިމައިން ފަދަ ޕަސެެންޖަރުންނަށް) ޚިދުމަތް ދިނުން.
މުސާރަ އާއި އިނާޔަތްތަކަށް: މަހަކު -/9,000 އާއި -/ 10,000 އާ ދެމެދު.
މަޤާމު: އެސިސްޓެންޓް ޑްރާފްޓްސްމަން
ބޭނުންވާ އަދަދު: 01
މަސައްކަތް ކުރަންޖެހޭ ތަން: ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ޕްރޮޖެކްޓްސް އެންޑް ޕްލޭނިންގ
ޝަރުޠު:
- ސެޓެފިކްޓް އިން އޮޓޯކޭޑް އޮތުން.
- މިދާއިރާ އިން މަދުވެގެން 3 އަހަރާއި 5 އަހަރާ ދެމެދުގެ ތަޖުރިބާ ލިބިފައިވުން.
- އުމުރު : އުމުރުންް 20 އާއި 30 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން.
މުސާރަ އާއި އިނާޔަތްތަކަށް: މަހަކު -/10,000 އާއި -/11,000 އާ ދެމެދު.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- އިންޖިނިއަރިން ޕްލޭން، އިންފްރާސްޓްރަކްޓަރ ޕްލޭން، އާކިޓެކްޗަރ ޕްލޭންތައް ހިންގުމާއި ހަވާލުވެ ހުންނެވި ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުން.
- ސާރވޭ ކޮމްޕައިލް ރިޕޯޓު ތައްޔާރު ކުރުން.
- ލޭންޑް ޔޫސް ޕްލޭން، ލޭއައުޓް ޕްލޭން އަދި އިންޖިނިއަރިންގއާ ގުޅޭ ކުރެހުންތައް ތައްޔާރުކުރުން.
މަޤާމު: ޓެކްނީޝަން ގްރޭޑް 1، އިލެކްޓްރޯ މެކޭނިކަލް/ އިލެކްޓްރިކަލް އެންޑް އޭސީ ސަރވިސަސް
ބޭނުންވާ އަދަދު: 01
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ އިލެކްޓްރިކަލް އެންޑް އޭސީ ސަރވިސަސް
ޝަރުޠު:
- :އެޑްވާންސް ސެޓްފިކެޓް އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ ނުވަތަ އެއާ އެއްފެންވަރުގެ ސެޓްފިކެޓެއް ލިބިފައިވުން.
- ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން
- އުމުރު: 35 އަހަރުނުވާ ފަރާތެއްކަމުގައިވުން
ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
މެޝިނަރީ އަދި އިކްއިޕްމަންޓް އިންސްޓޯލް ކުރުމާއި މަރާމާތުކޮށް ބެލެހެއްޓުން.
އިލެކްޓްރިކަލް ކޮންޓްރޯލް ސަރކިޓްސްތަކަށް ދިމާވާ މައްސަލަތައް ބެލުމާއި ރިޕެއަރ ކުރުން.
އިލެކްޓްރިކަލް ޕަވަރ ޓޫލްތަކާއި އެޕްލައަންސްސަތައް ރިޕެއަރ ކުރުން.
މުސާރަ އާއި އިނާޔަތްތައް: މުސާރަ އާއި އެލަވަންސް މަހަކު 11,000ރ އާއި 12,000 ރުފިޔާ އާ ދެމެދު.
މަޤާމު: ޓެކްނީޝަން ގްރޭޑް 1، އެއަރ ކޮންޑިޝަނިންގ/ އިލެކްޓްރިކަލް އެންޑް އޭސީ ސަރވިސަސް
ބޭނުންވާ އަދަދު: 01
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ އިލެކްޓްރިކަލް އެންޑް އޭސީ ސަރވިސަސް
ޝަރުޠު:
- އެޑްވާންސް ސެޓްފިކެޓް އިން އެއަރ ކޮންޑިޝަނިންގ ނުވަތަ އެއާ އެއްފެންވަރުގެ ސެޓްފިކެޓެއް ލިބިފައިވުން.
- ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
އުމުރު: 35 އަހަރުނުވާ ފަރާތެއްކަމުގައިވުން
ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) ގެ އެންމެހައި އެއަރ ކޮންޑިޝަނިންގތައް ސަރވިސް ކުރުމުގެ މަސައްކަތްތައް ކުރުން.
- އެއަރ ކޮންޑިޝަނިންގ މަރާމާތުގެ އެންމެހާ މަސައްކަތްތައް ކުރުން.
- ޑެއިލީ، ވީކްލީ އަދި މަންތްލީ ޗެކް ލޮގް ޝީޓް ތައްޔާރުކުރުން.
މުސާރަ އާއި އިނާޔަތްތައް: މުސާރައާއި އެލަވަންސް މަހަކު 11,000ރ އާއި 12,000 ރުފިޔާއާ ދެމެދު.
މަޤާމު: ސަޕޯޓް ސްޓާފް (މަސައްކަތު)/ އިލެކްޓްރިކަލް އެންޑް އޭސީ ސަރވިސަސް
ބޭނުންވާ އަދަދު: 01
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / އިލެކްޓްރިކަލް އެންޑް އޭސީ ސަރވިސަސް
ޝަރުޠު:
- އަސާސީ ތަޢުލީމު ފެންވަރުހުން.
- ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
އުމުރު: 35 އަހަރުނުވާ ފަރާތެއްކަމުގައިވުން.
ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- އިލެކްޓްރިކަލް އެންޑް އޭސީ ސަރވިސަސްގެ އެންމެހާ މަސައްކަތްތަކުގައި އެހީތެރިވުން.
- ސިޓީ އާއި ލިޔެކިޔުންތައް ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ވަގުތަށް ހަވާލުކުރުން.
- އިލެކްޓްރިކަލް އެންޑް އޭސީ ސަރވިސަސްގެ އެންމެހާ ތަންތަން ފޮޅައި ސާފުކުރުން.
މުސާރަ އާއި އިނާޔަތްތައް: މުސާރަ އާއި އެލަވަންސް މަހަކު -/9,000ރ އާއި -/10,000 ރުފިޔާއާ ދެމެދު.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ސީވީއާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާތަކާއި ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
- 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓުގެ ކޮޕީ
ނޯޓް: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކިސިޓީއަކުންނެވެ. އަދި ސިޓީއާއިއެކު ކަމާބެހޭ ލިޔުންތައް ހުށަހަޅަންވާނެއެވެ.
ކުރިމަތިލުމުގެ ސުންގަޑި: 28 އެޕްރީލް 2015 ވަނަ ދުވަހުގެ 16:00 ގެ ކުރިން.
ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:
ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެޑްމިނިސްޓްރޭޓިވް ބިލްޑިންގް
ހުޅުލެ، ދިވެހިރާއްޖެ
އިތުރު މަޢުލޫމާތު : ފޯނު –3325511
އެދި މި މަޤާމުތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
3 ރަޖަބު 1436