ވަޒީފާގެ ފުރުޞަތު
ނަންބަރު: 123-A/IUL//2015/25
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 09:34
ސުންގަޑި: 03 މޭ 2015 15:00
އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް ގރ.1

މަޤާމު

އޮފީސް އެސިސްޓެންޓް ގްރޭޑް 1

ބޭނުންވާ އަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

އެންޓި-ކޮރަޕްޝަން ކޮމިޝަން (ހުރަވީ ބިލްޑިންގ)

މުސާރައާއި ޢިނާޔަތްތައް

  • މުސާރަ: -/5,000 ރުފިޔާ
  • ސަރވިސް އެލަވަންސް: -/3,000 ރުފިޔާ

ޝަރުޠު

  • ގްރޭޑް 10 ނިންމާފައިވުން.
  • އުމުރުން 55 އަހަރު ވެފައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު

އޮފީސް ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރުވުމާއި، އޮފީހުން އެކިފަރާތަތަކަށް ހަވާލުކުރަންޖެހޭ ސިޓީއާއި، މެސެޖް އަދި ޗިޓްފަދަ ތަކެތި އެފަރާތްތަކަށް ރައްދުކުރުން.

ހުށަހަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  • ސްކޫލް ލީވިންގ ސެޓްފިކެޓްގެ އެޓެސްޓެޑް ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެވަނަވަރު.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުމެއް.
  •  އައިޑީ ކާޑުގެ ފޮޓޯކޮޕީ.
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާއަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި

03 މޭ 2015 ވާ އާދިއްތަ ދުވަހުގެ 15:00ގެ ކުރިން.

އިތުރު މަޢުލޫމާތު

  1. އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހޭނީ މިކޮމިޝަނުގެ ކައުންޓަރަށެވެ.
  2. އެޕްލިކޭޝަން ފޯމު އޮންލައިން ކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަނޭޅޭނެއެވެ.
  3. އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވިފައިވާ ކެންޑިޑޭޓުންނަށެވެ.
  4. އިންޓަރވިއުއަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު، ޝޯޓްލިސްޓްކޮށް ނިމުމުން ކޮމިޝަންގެ ވެބްސައިޓްގައި ޝާއިޢު ކުރާނެއެވެ.
  5. ވަޒީފާއަށް އެދޭ ފޯމު މިކޮމިޝަނުގެ ކައުންޓަރުންނާއި، މިކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  6. މަޢުލޫމާތު ފުރިހަމަނުވެ ހުންނަ ފޯމާއި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެއެވެ.
  7. ފޯމު ބަލައިގަތުމަށްފަހުގައިވެސް ޞައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެފޯމެއް ބާޠިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

  • ފޯނު ނަންބަރު: 3015213/ 3015200
  • ފެކްސް ނަންބަރު: 3317182
  • އީމެއިލް: [email protected]
23 އޭޕްރިލް 2015