ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10/1/2024/3
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 10:52
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ސަރުކާރު ބަންދުކުރަން ހަމަޖައްސަވާފައިވާ މުއްދަތުގައި އެކްސްޕެޓް ސިސްޓަމުން ދެވޭ ޚިދުމަތްތަކާ ގުޅޭ

 (IUL)10/1/2024/3 :ނަންބަރު 

ސަރުކާރު ބަންދުކުރަން ހަމަޖައްސަވާފައިވާ މުއްދަތުގައި އެކްސްޕެޓް ސިސްޓަމުން ދެވޭ ޚިދުމަތްތަކާ ގުޅޭ

1445 ވަނަ އަހަރުގެ ރަމަޟާންމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވުމާ ގުޅިގެން، މި މުއްދަތުގައި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން، މިނިސްޓްރީގެ ވެރިފިކޭޝަން އަދި އެޕްރޫވަލް ބޭނުންވާ ޚިދުމަތްތައް ހޯދުމުގައި، އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ މުއްދަތަށްވުރެ އިތުރުވުމަކީ އެކަށީގެންވާ ކަމެއްކަމުގައި ދެންނެވީމެވެ.

މި މުއްދަތުގެ ތެރޭގައި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމުގެ ގޮތުން، މިހާރެކޭ އެއްފަދައިން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ދެމުންގެންދާ ހުރިހާ ޚިދުމަތްތަކަށް އެޕްލިކޭޝަން ހުށަހެޅޭނެ ގޮތަށް، އެކްސްޕެޓް ސިސްޓަމް 24 ގަޑިއިރަށް ހުޅުވާލެވިފައިވާނެއެވެ. އަދި، ވަރކް ޕަރމިޓް ފީ ދެއްކުން ފަދަ މިނިސްޓްރީގެ ވެރިފިކޭޝަން ބޭނުންނުވާ އޮޓޮމެޓިކް ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. އެހެންނަމަވެސް، ސައްޙަ ހުއްދައެއް ނެތި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ރެގިއުލަރައިޒްވުމަށް މިނިސްޓްރީއަށް ހާޒިރުވެ އެ ބިދޭސީއަކީ ކާކުކަން ވެރިފައިކުރުން (އިން-ޕަރސަން ވެރިފިކޭޝަން) މި މުއްދަތުގެ ތެރޭގައި ކުރިއަށްނުދާނެ ވާހަކަ ދެންނެވީމެވެ.

އަދި، އެކްސްޕެޓް ސިސްޓަމުން ދެމުންގެންދާ ޚިދުމަތްތަކާ ގުޅިގެން ވަންގަވް ސަޕޯޓް (ވޯކް-އިން ސެންޓަރ، ކޯލް ސެންޓަރ އަދި ލައިވް ޗެޓް) ގެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ހަފްތާ ބަންދު ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:30 އިން 11:30 އަށް ލިބިގެންދާނެއެވެ. ނަމަވެސް، ފިޠުރު ޢީދާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި ވަންގަވް ސަޕޯޓްގެ ޚިދުމަތާއި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން މިނިސްޓްރީގެ ވެރިފިކޭޝަން އަދި އެޕްރޫވަލް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްނުދޭނެ ވާހަކަ ދެންނެވީމެވެ.  

އަދި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަ ދޫކުރުމާއި އެ ބިދޭސީންގެ ކަންކަން މެނޭޖްކޮށް ބެލެހެއްޓުމާ ގުޅިގެން ފޯރުކޮށްދެމުންގެންދާ ހުރިހާ ޚިދުމަތްތައް  2024 އޭޕްރިލް 14 ވަނަ ދުވަހުން ފެށިގެން އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އަލުން ލިބިގެންދާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުކުރެއްވުމަށް 1500 ގުޅުއްވައި ނުވަތަ  [email protected]  އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

19 މާރިޗު 2024