ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 438/438/2015/80
ޕަބްލިޝްކުރި ތާރީޚް: 22 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 09:30
ސުންގަޑި: 07 އޭޕްރިލް 2015 15:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މޮނިޓަރިންގް އެންޑް އިވެލުއޭޝަން އޮފިސަރ

އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވޭޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓް

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު: މޮނިޓަރިންގް އެންޑް އިވެލުއޭޝަން އޮފިސަރ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން، ވޯރލްޑް ބޭންކުގެ އެހީތެރިކަމާއެކު ހިންގަމުންގެންދާ މަޝްރޫޢުތަކުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ މޮނިޓަރިންގް އެންޑް އިވެލުއޭޝަން އޮފިސަރެއް ހޯދުމަށް ވަނީ ގަސްދުކުރެވިފައެވެ.

މޮނިޓަރިންގް އެންޑް އިވެލުއޭޝަން އޮފިސަރުގެ މަސައްކަތަކީ މި މިނިސްޓްރީގައި ހިންގާ މަޝްރޫޢުތަކުގެ މޮނިޓަރިންގް އެންޑް އިވެލުއޭޝަން ޤާއިމުކޮށް އެމަސައްކަތް ތަރައްޤީކޮށް ހަރުދަނާ ކުރުމެވެ.

މި ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުތުތަކަކީ:

  • ޕްރޮޖެކްޓް މެނޭޖްމަންޓު/ ކޮމަރސް/ ބިޒްނަސް/ ފިނޭންސް/ ޕްރޮކިއޮމަންޓް/ ލޯ ނުވަތަ ގުޅުންހުރި ދާއިރާއަކުން ޓާޝަރީ ކޮލިފިކޭޝަނެއް ހާސިލުކޮށްފައިވުން
  • މޮނިޓަރިންގް އެންޑް އިވެލުއޭޝަން ޓްރެއިނިންގ ހާސިލުކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • މޮނިޓަރިންގް އެންޑް އިވެލުއޭޝަން ދާއިރާގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • 2 އަހަރު ދުވަހު ބޭރުގެ އެހީގައި ހިންގާ މަޝްރޫޢެއްގައި މޮނިޓަރިންގް އެންޑް އިވެލުއޭޝަން ދާއިރާގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • ޑޭޓާ ހޯދުމާ، ދިރާސާ ކުރުމާއި އަދި ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ ޓޫލްސްއާއި ސްޓްރެޓެޖީ ތައްޔާރުކުރުމުގެ ތަޖުރިބާ ލިބިފައިވުން؛
  • ވޯލްޑް ބޭންކުގެ ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ؛
  • މޮނިޓަރިންގް އެންޑް އިވެލުއޭޝަން އާއި ގުޅުންހުރި ސޮފްޓްވެއަރ ބޭނުން ކުރަން އެންގުމާއި، ސޮފްޓްވެއަރ ބޭނުން ކޮށްގެން ޑޭޓާ ދިރާސާކުރުމުގެ ޤާބިލުކަން ލިބިފައިވުން؛
  • އިނގިރޭސިއާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަންސް އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީގެ ފަރާތުން ހުޅުވައިލަމެވެ. މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މީހުން ހޮވުމުގައި ޢަމަލުކުރެވޭނީ ވޯލްޑް ބޭންކުގެ ކޮންސަލްޓަންޓުން ހޮވުމަށާއި ވަޒީފާ ހަމަޖެއްސުމަށް ކަނޑައަޅާފައިވާ އުސޫލުތައް: ޖަނަވަރީ 2011އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މަސައްކަތަށް ހޮވޭފަރާތަކަށް އެފަރާތެއްގެ މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލައި 25,000 ރުފިޔާ އާއި 30,000 ރުފިޔާ އާ ދެމެދުގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ މުއްދަތަކީ ބާރަ (12) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 މޭ 07 ވަނަ ދުވަހުގެ 15:00ގެ ކުރިން، "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. މި މަސައްކަތައް ހޮވޭފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މޭ/ޖޫން 2015 ގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް ލިއުއްވުން އެދެމެވެ.

ޕްރޮޖެކްޓް މެނޭޖަރ

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018419 960+، ފެކްސް: 3018301 960+

އީމެއިލް: [email protected]

22 އޭޕްރިލް 2015