ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2024/58
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 20 މާރިޗު 2024 12:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ ސުޕަރވައިޒަރ - އެންޓަރޕްރައިޒް / އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 ސީނިއަރ ސުޕަރވައިޒަރ

ބޭނުންވާ ޢަދަދު

 01 (އެކެއް)

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (01 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެންޓަރޕްރައިޒް / އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ޖުމްލަ މުސާރަ:

13655.50  ރުފިޔާ (ސެޓްފިކެޓް އެލަވަންސް ނުލާ)

އިތުރު ޢިނާޔަތްތައް:

 

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. 

ޝަރުޠު:

  • ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލް ކޮށްފައިވުން ނުވަތަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، މަދުވެގެން ތިންއަހަރު ދުވަހުގެ މަގާމާގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކުންފުނިން ކަނޑައެޅިފައިވާ ފައިސާ ގެންގުޅުމާއި ބެލެހެއްޓުމުގެ ޤަވާއިދުގައިވާ ގޮތަށް  އޭ.އެފް.ސީ ޝޮޕްގެ ފައިސާގެ ކަންތައްތައް ކުރިޔައްދޭތޯ ޗެކްކުރުން.
  • ފިހާރައިން ވިއްކޭ ހުރިހާ މުދަލަކީ ސިސްޓަމަށް އެންޓަރ ކުރެވިގެން ވިއްކޭ މުދަލަށް ވުމުން ސިސްޓަމަށް އެންޓަރނުކޮށް އެއްވެސް ބާވަތެއްގެ މުދަލެއް ފިހާރައިން ނުވިއްކުން. އަދި ފިހާރައިގެ އިންވެންޓްރީ ސިސްޓަމުން ބެލެހެއްޓުން.
  • ފިހާރަޔަށް ބޭނުންވާ މުދަލަށް ހެޑް އޮފް ޑިޕާރޓްމަންޓްގެ ލަފަޔާއިއެކު ލަސްނޮކޮށް އޯޑަރ ކުރުން. އަދި މުދާގަތުމަށް ޕްރޮކިއުމަށްޓައް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށް ދިނުން.
  • ފިހާރައަށް ގެންނަ މުދާ ރިސީވްކޮށް ގްޑްސް ރިސީވްޑް ނޯޓް ތައްޔާރުކޮށް ދުވަހުން ދުވަހަށް ޕްރޮކިއުމަށްޓަށާއި އެކައުންޓްސް އަށް ފޮނުވިފައިވޭތޯ ޗެކްކުރުން.
  • ފިހާރައަށް ގެންނަ މުދަލުގެ ތެރެއިން އެއްވެސް އެއްޗަކަށް އުނިއިތުރެއް އިސްފައިވާނަމަ އެކަން ޕްރޮކިއުމަންޓުން އޮޅުންފިލުވައި ހެޑް އޮފް ޑިޕާރޓްމަންޓަށް ރިޕޯރޓްކުރުން.
  • ފިހާރައިގެ ހުންނަ ތަކެތި ކަސްޓަމަރުންނަށް ފަސޭހައިން ފެންނާނެހެން ޑިސްޕްލޭ ކުރުމާއި، ވިއްކުމަށް ކަނޑައެޅިފައިވާ އަގު ހުރިހާ ތަކެއްޗެއްގައިވެސް ފަސޭހައިން ފެންނާނޭހެން ޖެހިފައިވޭތޯ ޗެކްކުރުމަށް ކޭޝިއަރުންނަށް އިރުޝާދު ދިނުން އަދި އެމަސައްކަތް ކައިރިން ބަލައި ޗެކްކުރުން.
  • ފިހާރައިގެ ރެކްތަކުގައި ހުންނަ ތަކެތީގެ މުއްދަތު ހަމަވުމުގެ ކުރިން ހެޑް އޮފް ޑިޕާރޓްމަންޓްގެ ލަފަޔާއިއެކު އެކައުންޓްސް އާއި ގުޅިގެން އަގުހެއުކޮށް ވިއްކުން އަދި މުއްދަތު ހަމަވުމުން ލަސްނުކޮށް ރެކްތަކުން މިތަކެތި ނެގިފައިވޭތޯ ބެލުން. މިގޮތުން ހަލާކުވެގެން ނެގޭ ތަކެއްޗައް ޑެމޭޖް ރިޕޯރޓް ތައްޔާރުކޮށް އެކައުންޓްސް އޮފިސަރަކާއެކު ޗެކްކޮށް ސޮއިކުރުވުމަށްފަހު މިތަކެތި ޝޮޕްގެ އިންވެންޓްރީއިން އުނިކުރުވުން.
  • އައްޑޫ ޝޮޕް ތަރައްގީކޮށް ވެރައިޓީސްތައް އިތުރުކުރުމަށްޓަކައި ހެޑް އޮފް ޑިޕާރޓްމަންޓްގެ އިރުޝާދުގެ ދަށުން ޕްރޮކިއުމަށްޓާއި ގުޅިގެން މުދަލުގެ ސާމްޕަލްތައް ހޯދައި އެތަކެތި އައްޑޫ ޝޮޕްގައި ހިގާނެވަރެއްބަލައި އޯޑަރ ކުރުން.
  • އައްޑޫ ޝޮޕަށް ބޭނުންވާ މިފްކޯގެ އުފެއްދުންތަކަށް ޕީއޯ ހެދުމަށްފަހު ރިލޭޓެޑް ޑިޕާރޓްމަންޓް ތަކަށް ފޮނުވުން. އަދި މުދާ ލިބުމުން ރިސީވިން ރިޕޯޓް ހެދުން.
  • ފިހާރައިގެ މުދަލުގެ ފާސްޓް މޫވިން އަދި ސްލޯ މޫވިން އައިޓަމްސްތައް ޗެކްކޮށް އަދިއޭގެ ރިޕޯޓްހަދައި ޑިޕާޓްމަންޓް ހެޑަށް ހުށަހެޅުން.
  • ފިހާރައިގެ ސްޓޮކް ޓާންއޯވާ ބަލައި ޑިޕާޓްމަންޓް ހެޑަށް ރިޕޯޓްކުރުން.
  • މަސްކޭސް ސްޓޮކް އަދި ޑިސްޓްރިބުޝަން ޑިޕާޓްމަންޓް ހެޑްގެ ލަފަޔާއިއެކު ބެލެހެއްޓުން
  • ފިހާރަިއގެ ކޭޝިރަުން އަދި ލޭބަރުންގެ ހުރިހާ މަސައްކަތްތައް  ޑިޕާޓްމަންޓްގެ ލަފަޔާއިއެކު ރާވާ އަދި ސުޕަވައިޒްކުރުން.
  • ޑިޕާޓްމަންޓްގެ އެހެނިހެން ސެކްޝަންތައް ހިންގުމުގައި އެއްބާރުލުން ބޭނުންވެއޖެ ހިނދެއްގައި ފުރިހަމަ އެއްބާރުލުން ދިނުން.
  • އޭ.އެފް.ސީގައި ކުރެވޭ އެހެނިހެން މަސައްކަތްތަކަށް، އެހީތެރިކަން ދޭންޖެހިއްޖެ ހާލަތްތަކުގައި އެހީތެރިކަން ދިނުން.
  • މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އުފައްދާ ދަމަހައްޓަށް މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއު ކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އިންޓަވިއު އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ (އެކްރެޑިޓް ކުރެވިފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ) ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

ބ- ޕޮލިސްރިޕޯޓް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ އީމެއިލް ކުރައްވާނީ   [email protected]އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 20 މާރިޗު 2024 ދުވަހުގެ މެންދުރު 12:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3023388 ފޯނަށް ގުޅުއްވުން އެދެމެވެ.

18 މާރިޗު 2024