މަސައްކަތް
ނަންބަރު: (IUL)368/368/2024/14
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 26 މާރިޗު 2024 13:00
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.ދިއްގަރުގައި ޤާއިމުކުރާ ގޭދޮށު މަސްފެކްޓަރީ އިމާރާތްކުރުމުގެ މަސައްކަތްތަކަށް ކޮންސަލްޓެންސީގެ ހިދުމަތްދޭނެ ފަރާތެއް ހޯދުން

އިންޑީޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، މި ރަށުގައި ޤާއިމުކުރާ ގޭދޮށު މަސްފެކްޓަރީ އިމާރާތްކުރުމުގެ މަސައްކަތްތަކަށް ކޮންސަލްޓެންސީގެ ހިދުމަށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި އިޢުލާނާއި އެޓޭޗްކޮށްފައިވާ ޓީ.އޯ.އާރާއި އެއްގޮތަށް ކޮންސަލްޓެންސީގެ ހިދުމަތް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 26 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން  [email protected] އަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުންއެދެމެވެ. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅުއްވާއިރު ތިރީގައިވާ ލިޔުންތައް ހިމަނަންވާނެއެވެ.

  1. އައި.ޑީ ކާޑު ކޮޕީ
  2. ވަނަވަރު
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  4. މަސައްކަތު ތަޖުރިބާ އަންގައިދޭ ލިޔުންތައް

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާގެ ލިޔުންތަކަށް ބެލުމަށްފަހު ޝޯޓްލިސްޓްކުރާ ފަރާތްތަކަށް ފައިނޭޝިއަލް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދެވޭނެއެވެ.

މިކާމާއި، ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، މި އިދާރާގެ ނަންބަރު 6720031 އާއި ގުޅުއްވުން ނުވަތަ،[email protected]  އަށް އީމެއިލްކުރެއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

18 މާރިޗު 2024