ބީލަން
ނަންބަރު: (IUL)355-CA/355/2024/14
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 28 މާރިޗު 2024 11:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު

ބީލަން ހުށައެޚުމުގެ ދައުވަތު

  1. އދ. ފެންފުށީ QI ވޮލީކޯޓްގައި ލައިޓް ޖެހުމާއި ވައި ނިވައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ. މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ދައުވަތު ހުޅުވާލަމެވެ.
  2. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3. ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މިއިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ "ބިޑް ރެޖިސްޓްރޭޝަން ފޯމް" ފުރިހަމަކުރެއްވުމަށްފަހު ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ރަޖިސްޓްރީ ނަންބަރާއިއެކު 24 ގަޑިއިރުގެ ތެރޭގައި މެއިލްކުރެވޭނެއެވެ. ބީލަމުގައި ބައިވެރިވިމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަންބަރު ލިބުމުންނެވެ.
  4. ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުގެ ތާރީހަކީ 25 މާރިޗް 2024 ހޯމަ ދުވަހުގެ 12:00އެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެވާހަކަ ބީލަންވެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
  5. މި އިއުލާން އާއި ގުޅިގެން މައުލޫމާތު ދިނުމުގެ ބައްދަލުމެއް ނޯންނާނެއެވެ.
  6. ބީލަން ހުޅުވުން އޮންނާނީ 28 މާރިޗް 2024 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިކައުންސިލްގެ މީޓިންރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން ހުޅުވަން ކަނޑައެޅިފައިވާ ވަގުތާއި ތާރީޚް އަދި ބީލަން ހުށައަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  7. ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދި ފޯމް ހުށައަޅައި ބީލަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮއްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
  8. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 27 މާރިޗް 2024 ވަނަ ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް ކުރައްވަންވާނެއެވެ.

 

 

އދ. ފެންފުށީ ކައުންސިލްގެ އިދާރާ

އަމީނީމަގު، އދ. ފެންފުށި

ފޯން: 6680539

އީމެއިލް:  [email protected]

 CC: [email protected]

18 މާރިޗް 2024

 

 

 

 

                                                           އަޙްމަދު ޢަބްދުއްޝަކޫރް

                                                               ރައީސް

18 މާރިޗު 2024