ދިވެހިރާއްޖެ
އިޢުލާން |
|||||||||||||
މަޤާމު: |
ސީނިއަރ ކައުންސިލް އޮފިސަރ |
||||||||||||
މަޤާމުގެ ނަންބަރު: |
J-369869 |
||||||||||||
ބޭނުންވާ އަދަދު: |
1 (އެކެއް) |
||||||||||||
މަޤާމް ގެ ގިންތި: |
ދާއިމީ |
||||||||||||
ރޭންކް: |
އެމް.އެސް. 2 |
||||||||||||
ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 2 |
||||||||||||
ވަޒީފާ އަދާކުރަންޖެހޭއޮފީސް/ ސެކްޝަން: |
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ/ އިކޮނޮމިކް އެންޑް ސޯޝަލް އެންޑް މުނިޝިޕަލް ސާރވިސަސް ސެކްޝަން |
||||||||||||
އަސާސީ މުސާރަ: |
މަހަކު -/6295 ރުފިޔާ |
||||||||||||
ސަރވިސް އެލެވަންސް: |
މަހަކު -/2000 ރުފިޔާ |
||||||||||||
އެހެނިހެން އެލަވަންސް: |
|
||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
2- ކައުންސިލުގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލުގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން. 3- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަދި ރަށުގެ ލޭންޑް ޔޫޒް ޕްލޭނާ ތަޢާރުޟުނުވާ ގޮތުގެމަތިން، ރަށުން ބިން ދޫކުމާއި ބިމާއި ޢިމާރާތް ރަޖިސްޓްރީ ކުރުމާއި ދިވެހިރާއްޖޭގެ ޢިމާރާތް ރަޖިސްޓަރީ ކުރުމުގެ ޤާވާޢިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ޤަވާޢިދުތަކާ އެއްގޮތް ވާގޮތުގެ މަތިން ރަށުގައި ޢިމާރާތް ކުރުމުގެ ކަންކަން ބަލަހައްޓައި އެކިއެކި ފަރާތްތަކުން ރަށުގެ ބިމާގުޅޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމަލާތުތަކުގެ ރެކޯޑުތައްބެލެހެއްޓުމާއި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިނޫންވެސް ޤާނޫނޫތަކުގައިވާ ގޮތުގެމަތިން އެފަދަ އެންމެހައި މަސައްކަތްތައް ކުރުން. 4- ރަށުގެ ބިންބިމުގެ ދަފުތަރު އެކުލާވާލައި އެދަފުތަރު ބެލެހެއްޓުމާއި ބިމާބެހޭ ޤައުމީ ދަފުތަރު އެކުލަވާލައި ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މައުލޫމާތު ފޯރުކޮށްދިނުން. މިސްކިތްތައް ބެލެހެއްޓުމާގުޅޭ އެންމެހައި މަސައްކަތައް ކުރުން ޤަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައްތައް ކުރެވޭނެ ނިޒާމު ޤާއިމުކޮށްދިނުމާއި، ކަށުކަމާކެމިގެ ކަންކަން ހަމަޖެއްސުން. 5- ރައްވެހިންގެ ރަޖިސްޓަރީއާއި ގޭގޭގެ މީހުންގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން 6- އުފަންދުވަހުގެ ރަޖިސްޓަރީއާއި އުފަންދުވަހުގެ ސެޓްފިކެޓް ހައްދައިދިނުން 7-އެކަށީގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނެ ގޮތުގެމަތިން ރަށު ފެންވަރުގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރުން 8- ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި ގެސްޓްހަސްތަކާއި ޢާއްމު މާރުކޭޓްތަކާއި އަދި ގަރާޖުފަދަތަންތަނަށް ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުމާއި އެތަންތަނުގެ ކަންކަން، ޤާނޫނާއި ޤަޥާއިދާއެއްގޮތަށް ހުރޭތޯ ބަލައި، އިޞްލާޙީ ފިޔަވަޅު އެޅުން. 9- އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި ރަށުގެ ތަފާސް ހިސާބު ނަގައި ބެލެހެއްޓުމާއި، އެރަށެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުންގެންދާ މީހުންގެ ދަފުތަރު ލިޔެ ބެލެހެއްޓުމާއެކު ޤައުމީ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެމަތިން އެމަޢުލޫމާތު އެއިދާރާއަކަށް ފޮނުވުން. 10- އެކަނިވެރިމައިންނާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނާއި، އަދި ބިދޭސީންގެ ދަފުތަރު ލިޔެ އަޕްޓޭޑްކޮށް ބެލެހެއްޓުން މަގުމަތީގައި މީހުން ހިނގައިއުޅުމާއި މަގުމަތީގައި އިންޖީނުލީއެއްޗިއްސާއި، އިންޖީނު ނުލާ އެއްޗެތި ދުއްވުމުގެ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުމާއި، ޢާއްމުންގެ އަތުން ފީ ނަގައިގެން، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރުން 11-އެއްގަމާ ކަޑުގައި ދުއްވާ އުޅަނޑުގެ ރަޖިސްޓަރީއާއި ދަފުތަރު ލިޔެ ބެލެހެއްޓުން 12- އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން. |
||||||||||||
މަޤާމުގެ ޝަރުޠުތައް: |
|
||||||||||||
މަޤާމުގެ ތަޢްލީމީ ރޮނގު: |
ޕްރިފަރޑް ޑިސިޕްލިން
|
||||||||||||
ގުޅޭ ވަޒީފާގެ ދާއިރާތައް: |
|
||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް: |
https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކް ފޯމު". |
||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) 12 ވަނަ ނަންބަރުގައިވާ މިންގަނޑުތަކެވެ.
|
||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތ.ކިނބިދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||||
ޝޯޓްލިސްޓް ކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ. |
||||||||||||
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިހާނު އޮންނާނީ، 2024 އޭޕްރީލް 14 އާއި 2024 އޭޕްރީލް 25އާ ދެމެދު ކިނބިދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. |
||||||||||||
'' ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) '' އާންމުކުރުން: |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި '' ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) '' އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||||
އިތުރު މަޢުލުމާތު ހޯދުން: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780031 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" https://www.csc.gov.mv/Policy/Index/51 އިން ލިބެން ހުންނާނެއެވެ. |
08 ރަމްޟާން 1445
18 މާރިޗު 2024