ދިވެހިރާއްޖެ
އިޢުލާން
އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ޕްރީސްކޫލް އެކްޓިވިޓީ ޔުނިފޯމެއް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.
އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ޕްރީސްކޫލް އެކްޓިވިޓީ ޔުނީފޯރމެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު
ނަންބަރު (IUL)348-EM/348/2024/7 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ މި އިއުލާނު ބާތިލުކޮށް
އަލުން ފުރުސަތު ހުޅުވާލަމެވެ.
މި މަސައްކަތްކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް 2024 މާރިޗު 28 ވާ ބުރާސްފަތި
ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރަޖިސްޓްރީވުން އެދެމެވެ.
ރަޖިސްޓްރީވުމަށް: https://forms.office.com/r/HqD60sVSrV
ޔުނީފޯރމާއި ގުޅޭ އިތުރު ތަފްސީލް:
- 50 ޔުނީފޯމް / މި އިޢުލާނާއި އެކު އެއްހީރަސް ކުރެވިފައިވާ ޑިޒައިނަށް
- ސައިޒުތައް
ޓީޝާޓް |
އަދަދު |
ޓްރެކްޝޫޓް |
އަދަދު |
KXS |
35 |
KXS |
35 |
KS |
15 |
KS |
15 |
މި މަސައްކަތާ ގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ 2024 މާރިޗު 27 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން
އެފަރާތަކުން ކައުންސިލްގެ މެއިލް ([email protected]) މެދުވެރިކޮށް ސުވާލު ހުށަހެޅުން އެދެމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށައަޅާ އަގާއި މުއްދަތު އަދި ހުށައަޅާ ފަރާތުގެ މަޢުލޫމާތު ހިމެނުމަށްފަހު
ލިޔުމަކުން (ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި) ކައުންސިލަށް 2024 އޭޕްރީލް 15 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ހުށައެޅުން އެދެމެވެ.
ސިޓީ އުރަ ކެނޑުމަށް ހަމަޖެހިފައިވަނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ ވެރިފަރާތުގެ ސިޓީއެއް ފޮނުވަންވާނެއެވެ.