ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-DC/38/2024/215
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 19 މާރިޗު 2024 15:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 - ވޯޓުލުމަށް ރަޖިސްޓަރީ ކުރިނަމަވެސް ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ހަމަނުވެގެން ރަޖިސްޓަރީ ބާޠިލުވާ މީހުން އަލުން ރަޖިސްޓަރީ ކުރުން

(IUL)38-DC/38/2024/215 :ނަންބަރ

އިޢުލާން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024

ވޯޓުލުމަށް ރަޖިސްޓަރީ ކުރިނަމަވެސް ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ހަމަނުވެގެން ރަޖިސްޓަރީ ބާޠިލުވާ މީހުން އަލުން ރަޖިސްޓަރީ ކުރުން

މި އިޢުލާނުގައިވާ ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަން އަދި ރާއްޖެއިން ބޭރުގައި ވޯޓުލުމަށްޓަކައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓު ފޮށިތަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ޢަދަދު ކަނޑައެޅިފައިވާ ޢަދަދަށް ވުރެއް މަދުވުމުން މި ވޯޓު ފޮށިތައް ނުބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން މި ފޮށިތަކުގައި ރަޖިސްޓަރީކޮށްފައިވާ މީހުން، މިހާރު ފޮށި ބެހެއްޓުމަށް އިޢުލާނު ކުރެވި ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަންތަނަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 2024 މާރިޗު 18 ވާ ހޯމަ ދުވަހުގެ ހެނދުނު 09:30 އިން ފެށިގެން 2024 މާރިޗު 19 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް ހުޅުވާލައިފީމެވެ.

ވޯޓުފޮށީގެ ނަން

ރަށުގެ ނަން

ފޮށީގެ ކޯޑު

ޖޭއޭ މަނަފަރު (ހއ.މަނަފަރު)

ހއ. މަނަފަރު

Z01.1.51

ސޮނެވާ ޖަނީ (ނ. މެދުފަރު އައިލެންޑް)

ނ. މެދުފަރު އައިލެންޑް

Z01.1.4

ސިޔާމް ވޯލްޑް މޯލްޑިވްސް (ނ. ދިގުރަށް)

ނ. ދިގުރަށް

Z01.1.49

ޖޯލި ބީންގް (ރ. ބޮޑުފުށި)

ރ. ބޮޑުފުށި

Z01.1.6

ފިނޮޅު ބާ އެޓޯލް މޯލްޑިވްސް (ބ. ކަނުފުށި)

ބ. ކަނުފުށި

Z01.1.11

ސޮނެވާ ފުށި ބައި ސިކްސް ސެންސެސް (ބ. ކުންފުނަދޫ)

ބ. ކުންފުނަދޫ

Z01.1.54

މިލައިދޫ އައިލެންޑް މޯލްޑިވްސް ( ބ.މިލައިދޫ )

ބ. މިލައިދޫ

Z01.1.42

ރީތި ބީޗް ރިސޯޓް (ބ. ފޮނިމަގޫދޫ)

ބ. ފޮނިމަގޫދޫ

Z01.1.8

އެޓްމޮސްފިއަރ ކަނިފުށި މޯލްޑިވްސް (ޅ. ކަނިފުށި)

ކަނިފުށި

Z01.1.13

ކުޑަ ވިލިނގިލި ރިސޯޓް މޯލްޑިވްސް (ކ.  ކުޑަވިލިނގިލި)

ކ.  ކުޑަވިލިނގިލި

Z01.1.45

ބަރޮސް މޯލްޑިވްސް (ކ. ބަރޮސް)

ކ. ބަރޮސް

Z01.1.47

ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް (ކ. ކަނޑޫމާފުށި)

ކ. ކަނޑޫމާފުށި

Z01.1.18

ޖުމެއިރާ މޯލްޑިވްސް އޮޅަހަލި އައިލެންޑް (ކ. އޮޅަހަލި)

ކ. އޮޅަހަލި

Z01.1.46

ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް (ކ. އޮޅުވެލި)

ކ. އޮޅުވެލި

Z01.1.16

އޯގާ އަރޓް ރިސޯޓް (ކ. މާރަންފުށި)

ކ. މާރަންފުށި

Z01.1.52

އޮބްލޫ ބައި އެޓްމޮސްފިއަރ އެޓް ހެލެގެނލި (ކ.ހެލެގެނލި)

ކ.ހެލެގެނލި

Z01.1.23

ރެޑިސަން ބްލޫ ރިސޯޓް (އދ. ހުރުއެޅި)

އދ. ހުރުއެޅި

Z01.1.55

ސެންޓާރާ ގްރޭންޑް އައިލަންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް (އދ. މައްޗަށްފުށި)

އދ. މައްޗަށްފުށި

Z01.1.56

ކޮންސްޓެންސް މޫފުށި (އދ. މޫފުށި)

އދ. މޫފުށި

Z01.1.33

ލަކްސް ސައުތް އަރި އަތޮޅު މޯލްޑިވްސް( އދ. ދިއްދޫ ފިނޮޅު)

އދ. ދިއްދޫ ފިނޮޅު

Z01.1.37

ކަނޑިންމާ މޯލްޑިވްސް (ދ. ކަނޑިންމާ)

ދ. ކަނޑިންމާ

Z01.1.53

ހުޅުލެ-1

ހުޅުލެ

V02.1.1

ރާއްޖެއިން ބޭރު

ތައިލެންޑް / ބެންކޮކް - 1

ތައިލެންޑް

W03.1.2

އިނގިރޭސިވިލާތް /ލަންޑަން - 1

އިނގިރޭސިވިލާތް

W04.1.1

އެކުވެރި ޢަރަބި ޢިމާރާތް / އަބޫ ދާބީ - 1

އެކުވެރި ޢަރަބި ޢިމާރާތް

W08.1.1

 

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މި އިޢުލާނުގައިވާ ފޮށިތަކަށް ވޯޓު ލުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ވޯޓުލާންރަޖިސްޓަރީވެފައިވާރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައިރަޖިސްޓަރީވުމަށް (ރީ-ރަޖިސްޓަރީވުމަށް) ހުށަހެޅުން

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް https://form.elections.gov.mv އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އެކަންޏެވެ. މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި އޮންލައިންކޮށް ރަޖިސްޓަރީ ކުރެވޭނެ އިންތިޒާމު ގާއިމް ކޮށްފައިވާނެއެވެ.

އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް ހުށަހެޅުން

ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެއެވެ.

ރީ-ރަޖިސްޓްރޭޝަން ކުރުމަށް އީފާސް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ދެފުށުގެ ފޮޓޯ ހުށަހަޅަން ނުޖެހޭނެއެވެ.

މި މުއްދަތުގެ ތެރޭގައި ރީ-ރަޖިސްޓަރީ ކުރުން ކުރިޔަށްދާނީ 2024 މާރިޗު 18 ވާ ހޯމަ ދުވަހުގެހެނދުނު 09:30 އިން ފެށިގެން 2024 މާރިޗު 19 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށެވެ. އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި ބެހެއްޓިފައިވާ ކައުންޓަރުތަކުން އޮންލައިންކޮށް ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:30 އިން މެންދުރުފަހު 01:30 އަށެވެ.

އަދި ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.     

18 މާރިޗު 2024