ދިވެހިރާއްޖެ
ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ގދ.އަތޮޅުމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން( ދެވަނަ އިއުލާން)
(IUL)GS-30/GS-30/2024/09
ގދ.އަތޮޅުމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ( ދެވަނަ އިއުލާން)
.
2024 އޭޕްރީލް 01 ން 2025 މާރިޗު 31 އަށް، ކޮންޓްރެކްޓް އުޞޫލުން މި މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
*މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން، 2024 މާރިޗު 18 އިން 2024 މާރިޗު 21 އަށް ، ބަންދުނޫން ކޮންމެދުވަހަކު 8:00 އިން 14.00މި މަދަރުސާއަށް ގުޅައިގެން ނުވަތަ މި މަދަރުސާގެ އީމެއިލްއަށް [email protected] މަޢުލޫމާތު ފޮނުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. އަންދާސީ ހިސާބުގައި ބައިވެރިވުމަށް ނަންނޯޓް ކުރާއިރު، ތިރީގައިވާ މަޢުލޫމާތުތައް ފޮނުއްވުން އެދެމެވެ.
1- މަޢުލޫމާތު ސާފުކުރާ ކުންފުނި/ފަރާތް :
2- ކުންފުނި /ފަރާތް ރަޖިސްޓްރީ ނަންބަރ:
3- އީމެއިލް އެޑްރެސް:
4- ގުޅޭނެ މޯބައިލް ނަންބަރު:
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 މާރިޗު 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2024 މާރިޗު 24 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މަދަރުސާގެ އިދާރާގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2024 މާރިޗު 28 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ގދ.އަތޮޅު މަދަރުސާ ގެ އިދާރާގައެވެ.
- ބީލަމުގައި ބައިވެރިވުމަށް ނަންނޯޓްކުރާ ފަރާތްތަކަށް މި މަދަރުސާގެ އިދާރާއިން ބީލަން ފޮތް އީމެއިލުގެ ޒަރީޢާއިން ފޮނުވައިދޭނެއެވެ.
- ބީލަމުގައި ނަންނޯޓް ނުކުރާ ފަރާތްތަކަށް ބީލަންހުށައެއް ނޭޅޭނެއެވެ. ނަމަވެސް ނަންނޯޓް ކުރުމަށް ފަހު މައުލޫމާތު ސެޝަން އަށް ހާޒިރު ނުވެވުނަސް ބީލަން ހުށަހެޅޭނެއެވެ.
- އިތުރު މަޢުލޫމާތު ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގދ.އަތޮޅު މަދަރުސާ
ގައްދޫ ، ދިވެހިރާއްޖެ.
ފޯން: 7983083
އީމެއިލް: [email protected]
18 މާރިޗު 2024