މަސައްކަތް
ނަންބަރު: (IUL)253-OU-08275/253/2024/17
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 28 މާރިޗު 2024 11:00
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކޮމެޓީ އެކުލަވާލުމާއި ގުޅޭ

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކޮމެޓީ އެކުލަވާލުމާއި ގުޅޭ

 "ހއ.މާރަންދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ އުސޫލު -2023 ގެ" 3 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ، ވިލަރެސްކޮށް ބަލަހައްޓާނެ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ވަގުތީ ކޮމެޓީއެއް ކައުންސިލުން އެކުލަވާލަން ޖެހެއެވެ. އެގޮތުން މިދެންނެވި 11 މެމްބަރުންގެ ތެރޭގައި މިރަށުގެ ރައްޔިތުންގެ ތެރޭން 2 މެމްބަރަކު ހިމެނެއެވެ.

ވީމާ، މިއިޢުލާނާއެކު އާންމުކުރެވިފައިވާ ހއ.މާރަންދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމިޓީއެއް އެކުލަވައިލުމާއި، މެންބަރުން އިންތިޚާބު ކުރުމުގެ ޖަދުވަލް 1 ގައިވާގޮތަށް ރައްޔިތުންގެ ތެރޭން 2 މެމްބަރުން ހިމެނުމަށް ބޭނުންވާތީ ކޮމެޓީގެ މެމްބަރަކަށް ވުމަށް ބޭނުންވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6500029 ނުވަތަ 9766689 އާއި ގުޅުއްވާ 28 މާރޗް 2024 ވަނަ ދުވަހުގެ 11:00 ގެކުރިން ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ދިރިއުޅުމަށްޓަކައި ބަންޑާރަގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ލިސްޓް މިއިޢުލާނާއެކު އާންމުކުރެވިފައި ވާނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

7 ރަމަޟާން 1445

17 މާރޗް  2024

17 މާރިޗު 2024