ދިވެހިރާއްޖެ
" ގެމަނަފުށި ކައުންސިލް ފުޓްސަލް ޓޯރނަމެންޓް 2024 "
މިހިނގާ 2024 ވަނަ އަހަރުގެ ޖޫން 18 ވަނަ ދުވަހު މިރަށުގެ ޓީމްތަކަށް އަމާޒުކޮށްގެން ފިރިހެނުންނަށް ފުޓްސަލް މުބާރާތެއް ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ޓީމްތަކުން 25 އެޕްރީލް 2024 ގެ 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް ދުރުވެ މުބާރާތުގެ ބައިވެރިވުމުގެ ފީ 3000.00 ( ތިންހާސް ރުފިޔާ ) ދެއްކެވުމަށްފަހު މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ.
މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. މި މުބާރާތުގެ ވަނަވަނައަށް ހޮވޭ ޓީމްތަކަށް ފައިސާގެ އިނާމެއް ގޮތުން ތިރީގައި މިދަންނަވާ އިނާމް ދެވޭނެއެވެ.
މުބާރާތުގެ ޗެންޕިއަން ޓީމަށް: 50,000.00 ( ފަންސާސް ހާސް ރުފިޔާ )
މުބާރާތުގެ ރަނަރަޕް ޓީމަށް: 25,000.00 ( ފަންސަވީސް ހާސް ރުފިޔާ )
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
7 ރަމަޟާން 1445ހ.
17 މާރިޗް 2024 މ.