ދިވެހިރާއްޖެ
ރ.އިނގުރައިދޫ މަސްޖިދުލްއަމާނީ މިސްކިތުގެ ގޯތިތެރޭގައި ޕަންޕް ސްޓޭޝަނެއް އަމިއްލަ ތަކެތީގައި ޤާއިމު ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.
މާކްސް ދެވޭނެ ގޮތުގެ ތަފުސީލު
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސް ދެވޭ ކްރައިޓީރިއާ |
(Benchmark Price / Submitted Price) x Allocated Percentage |
|
80% |
އަގު |
( Submitted years of experience / Benchmark years ) x Allocated Percentage |
|
15% |
މުއްދަތު |
(Profile marks / Benchmark Profile marks) x Allocated Percentage |
|
5% |
ޕްރޮފައިލް |
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 10:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 އެޕްރީލް 2013 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބިޑް ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ މުއްދަތު ހަމަނުވާ އައި.ޑީ ކާޑު ގެންނެވުމަށް ހަދުމަފުޅުކޮށް އަރުވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބިޑް ހުށަހަޅަން ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ބަދަލުގައި ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއި އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުއްވުމަށް އެދި ދެންނެވީމެވެ. މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. ހުށަހަޅާ އަންދާސީހިސާބުގެ ބޭރުގައި " މަސްޖިދުލްއަމާނީ މިސްކިތުގެ ގޯތިތެރޭގައި ޕަންޕް ސްޓޭޝަން ޤާއިމު ކުރުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580028 ނަންބަރު ފޯނާ ގުޅުއްވުމުން ސާފުވެވަޑައިގަންނަވާނެއެވެ.
މި މަސައްކަތަށް ކުރިން ކުރެވިފައިވާ މިއިދާރާގެ ނަންބަރު: IUL)309-AHI/309/2015/38)ފ(12 އެޕްރީލް 2015) ގެ އިޢުލާނަށް ޝައުޤުވެރިލައްވާ މަޢުލޫމާތު ސާފުކުރުމަށް އެންމެ ފަރާތަކުން ހާޒިރުވުމުން އެއިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
01 ރަޖަބު 1436