މަސައްކަތް
ނަންބަރު: 009/2024/GS-95
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި:
19 މާރިޗު 2024 13:00
ކުރިނބީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުރިނބީ ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން (ދެވަނަ އިޢުލާނު)
މިސްކޫލުގެ ނަންބަރ 004/2024/GS-95 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް އަގުބޮޑުކަމަށް ފެންނާތީ، އަލުން ފުރުސަތު ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2024 މާރިޗް 17 އިން 2024 މާރިޗް 19 ވަނަ ދުވަހުގެ 13:00 ގެ ކުރިން ސްކޫލް ހޮފީހަށް ދުރުވެ، ނުވަތަ ([email protected]) އަށް މެއިލް ފޮނުވައި ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ނަންނޯޓުކުރާ ފަރާތްތަކަށެވެ. ނަންނޯޓު ކުރާއިރު ތިރީގައިވާ މައުލޫމާތު ހިމެނުން އެދެމެވެ.
- ކުންފުނި/ފަރާތް
- ކުންފުނި/ފަރާތުގެ ރަޖިސްޓްރީ ނަންބަރ
- ކުންފުނި/ފަރާތުގެ އީމެއިލް އެޑްރެސް
- ކުންފުނި/ފަރާތުގެ މޯބައިލް ނަންބަރ
- މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 މާރިޗް 19 ވަނަދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. ބީލަމާގުޅޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަން ބާއްވާގޮތަށް ހަމަޖެހިފައެއްނުވެއެވެ. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 މާރިޗް 25 (ހޯމަ) ދުވަހުގެ 10:00 ގައި ކުރިނބީ ސްކޫލްގައެވެ. މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާން އާއެކު އެޓޭޗްކުރެވިފައިވާނެއެވެ. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިލައްވާނެއެވެ.
17 މާރިޗު 2024